އެތެރޭގެ ދަތުރުތަކުގައި ބޭނުންކުރާ ބަސްތަކުގެ ސައިޒު ކުޑަކުރަނީ

ޓްރެފިކް ތޮއްޖެހުން ކުޑަކުރުމަށް މާލެ އާއި ހުޅުމާލޭގެ އެތެރޭގައި ދުއްވުމަށް އެކަށޭނެ ކުދި ސައިޒުގެ ބަހަށް ބަދަލުކޮށް ބަސް ރޫޓުތަކުގެ ފްރީކުއެންސީ އިތުރުކޮށް ބަދަލު ގެންނަން ވަނީ ނިންމާފަ އެވެ.

އާރުޓީއެލްގެ މިނީ ބަހުގެ ހިދުމަތް ފަށަން ގެނައި ބަސްތައް

މާލެ އާއި ހުޅުމާލޭގެ އެތެރޭގައި ދުއްވުމަށް އެކަށޭނެ ކުދި ސައިޒުގެ ބަހަށް އާރުޓީއެލްގެ ބަސްތައް ބަދަލު ކުރަން ނިންމާ އެކަން ސަރުކާރުން އިއުލާނު ކޮށްފި އެވެ.

ގްރޭޓާ މާލެ މަގުތަކުގެ ރައްކާތެރިކަމާއި އަމާންކަމަށް، "މާލެ ފަހި" ޕްރޮގްރާމް އިފްތިތާހު ކުރުމަށް މިރޭ އޮތް ހަފްލާ ގައި ޓްރާސްޕޯޓް މިނިސްޓްރީން ވަނީ އާރްޓީއެލް ބަސް ހިދުމަތު ގައި ބޭނުންކުރާ ބަސްތަކުގެ ސައިޒް ކުޑަކުރަން ނިންމާފައިވާ ކަން ހާމަކޮށްފަ އެވެ.

ބަހުގެ ހިދުމަތަކީ މިހާރު ވެސް ގިނަ ރައްޔިތުން ބޭނުން ކުރަމުންދާ ހިދުމަތެއް ކަން ފާހަގަކޮށް އެ މިނިސްޓްރީން ބުނީ ތޮއްޖެހިފައިވާ މަގުތަކުގައި ބޮޑެތި ބަސްތައް ބޭނުން ކުރަމުންދާތީ ޓްރެފިކް ތޮއްޖެހުމުގެ މައްސަލަ އިތުރަށް ގޯސްވެ ބަސްތައް އޮޕަރޭޓް ކުރުމަށް ދަތިވެފައިވާ ކަމަށެވެ.

މިގޮތުން ބަސްތައް ޝެޑިއުލްއާ އެއްގޮތަށް ދަތުރުނުކުރެވޭތީ ހިދުމަތް ބޭނުންކުރާ މީހުންނަށް ދަތިވެ، ބަސް ހިދުމަތް ބޭނުންކުރާ މީހުންގެ އަދަދު މަދުވާ ކަމަށް ވެސް ބުންޏެވެ.

އެހެން ކަމުން ޓްރެފިކް ތޮއްޖެހުން ކުޑަކުރުމަށް މާލެ އާއި ހުޅުމާލޭގެ އެތެރޭގައި ދުއްވުމަށް އެކަށޭނެ ކުދި ސައިޒުގެ ބަހަށް ބަދަލުކޮށް ބަސް ރޫޓުތަކުގެ ފްރީކުއެންސީ އިތުރުކޮށް ބަދަލު ގެންނަން ނިންމާފައިވާ ކަމަށް ވަނީ ބުނެފަ އެވެ. އެކަމާއި ގުޅޭ ތަފްސީލުތައް ފަހުން އެ މިނިސްޓްރީން ހާމަ ކުރާނެ އެވެ.

މާލެއާ ހުޅުމާލެއާ ދެމެދު ދަތުރު ކުރަން ބޭނުން ކުރަނީ ބޮޑެތި ސައިޒުތަކުގެ ބަސްތަކެވެ. އެއީ ވަރަށް ޑިމާންޑް ބޮޑު ހިދުމަތެކެވެ. ކޮންމެ ދުވަހަކު އެތައް ސަތޭކަ ބަޔަކު އެ ހިދުމަތް ހޯދަ އެވެ. މި ހިދުމަތް ފެށީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގަ އެވެ.

ފަހުން ރައީސް ސޯލިހްގެ ވެރިކަމުގައި މިނީ ބަސްތަކެއް ގެނެސް މާލެއާ ހުޅުމާލޭގެ އެތެރޭގައި ވަނީ ހިދުމަތް ފަށާފަ އެވެ. އެ ހިދުމަތަށް ވެސް އާންމުންގެ ޝައުގުވެރިކަން ބޮޑެވެ. ނަމަވެސް އެ ބަސްތަކުގެ ސައިޒު އަދިވެސް ބޮޑު ކަމަށް ގިނަ ބަޔަކު ދެކެ އެވެ. ބަސްތައް ބޮޑެތި ވުމުގެ ސަބަބުން މަގުތަކުގެ ތޮއްޖެހުން ބޮޑުވެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.