ޖޮބް ސެންޓަރުގެ ނަން "ނޭޝަނަލް ކެރިއާސް ސާވިސް" އަށް ބަދަލުކޮށްފި

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ "ނޭޝަނަލް ޖޮބް ސެންޓަރު" ގެ ނަން "ނޭޝަނަލް ކެރިއާސް ސާވިސް" ގެ ނަމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ބަދަލުކުރައްވައިފި ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

"ނޭޝަނަލް ޖޮބް ސެންޓަރު" ގެ ނަން ބަދަލުކޮށްފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ "ނޭޝަނަލް ޖޮބް ސެންޓަރު" ގެ ނަން "ނޭޝަނަލް ކެރިއާސް ސާވިސް" ގެ ނަމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ބަދަލުކުރައްވައިފި ކަމަށެވެ. އެ ބަދަލު ގެންނެވީ ގާނޫނުއަސާސީގެ 116ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިހްތިޔާރުގެ ދަށުންނެވެ.

މި ބަދަލު ގެންނަވާ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވަނީ އެކަމުގެ ދެންނެވުން ވެސް އާންމުކޮށްފަ އެވެ.

ރައީސުލްޖުމްހޫރިއްޔާ މި ބަދަލުގެންނަވާފައިވަނީ 23 ޖުލައި 2024 ވީ އަންގާރަ ދުވަހުއެވެ.

އަދި މި ބަދަލު ގެންނެވުމާއެކު ދައުލަތުގެ އިދާރާތަކުން ލިޔުއްވާ ސިޓީގައި ނަންބަރު ޖެއްސެވުމުގައި، ނޭޝަނަލް ކެރިއާސް ސާވިސްއަށް ލިޔުއްވާ ސިޓީގައި ޖައްސަވަމުން ގެންދަވާނީ 490 ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވި ދެންނެވުމުގައި ވެއެވެ.

މިއީ މިނިސްޓްރީ އޮފް ހަޔާ އެޑިޔުކޭޝަން، ލޭބާ އެންޑް ސްކިލްސް ޑިވެލޮޕްމަންޓްގެ ދަށުން ހިނގަމުންދާ ސެންޓަރެކެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.