އިސްލާމިކް ބޭންކަށް ސްކޭމްގެ މައްސަލަތައް ކުރިމަތިވާކަން ފާހަގަވޭ: އެމްއެމްއޭ

އެމްއެމްއޭއިން ބުނި ގޮތުގައި ކުރިން ސްކޭމްގެ މައްސަލަ އަންނަނީ ބީއެމްއެލްއަށް އެކަނި ނަމަވެސް މިހާރު އެމްއައިބީއަށްވެސް މި މައްސަލަ ދަނީ ކުރިމަތިވަމުންނެވެ.

މޯލްޑިވްސް އިސްލާމިކް ބޭންކް -- ދަމިރާ

އިސްލާމިކް ބޭންކްއަށް ސްކޭމްގެ މައްސަލަތައް އިތުރުވަމުންދާކަން ފާހަގަ ކުރެވެމުންދާ ކަމަށް މަރުކަޒީ ބޭންކް (އެމްއެމްއޭ) އިން ބުނެފި އެވެ. 

ސްކޭމްގެ މައްސަލާގައި އެސްއޯއީ ކޮމެޓީގައި މިއަދު މައުލޫމާތު ދެއްވަމުން ޑެޕިއުޓީ ގަވަރުނަރު އަހުމަދު އިމާދު ވިދާޅުވި ގޮތުގައި ކުރިން ސްކޭމްގެ އެންމެ ގިނަ މައްސަލަތައް އަންނަނީ ބޭންކިން ސެކްޓާގައި އެންމެ ގިނަ ކަސްޓަމަރުން ތިބި ބީއެމްއެލްއަށް ކަމަށާ ނަމަވެސް މިހާރު ސްކޭމްގެ މައްސަލަތައް އިސްލާމިކް ބޭންކުން ހުށަހަޅާ މިންވަރު އިތުރުވާކަން ފާހަގަ ވަނީ ވެފަ އެވެ. 

ސްކޭމްގެ މައްސަލަތައް ހުއްޓުވަމުން ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން މި މައްސަލަ އެންމެ ގިނައިން ހިންގަނީ ޖަލުތެރޭންކަން ފާހަގަވެފައިވާތީ ދާދިފަހުން ވަނީ ފުލުހުންނާއި ކަރެންޝަން އަދި ސިފައިންގެ އެހީތެރިކަމާއެކު ޖަލު ބަލައި ގިނަ އަދަދެއްގެ ފޯނު ވެސް ހޯދާފަ އެވެ. އަދި ޖަލަށް ފޯނާއި މަނާތަކެތި ވެއްދުމުގައި އެހީތެރިވެދޭ ކަމަށް ތަހުމަތު ކުރެވޭ ކަރެންޝަންގެ އޮފިސަރުންތަކެއް ވަނީ ހައްޔަރުކޮށްފަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.