އިހުމާލުވާ ކޮންމެ ބިދޭސީއަކަށް 50،000ރ. އިން ޖޫރިމަނާއެއް ކުރެވޭ އިސްލާހެއް

އިމިގްރޭޝަންގެ ގާނޫނުގެ ދަށުން ވޯކް ވިސާ ފިޔަވައި އެ ނޫން ބާވަތެއްގެ ވިސާގައި ރާއްޖޭގައި ވަޒީފާ އަދާކުރުމުގެ ހުއްދަ ލިބިދީފައިވާ މީހުންނަށް ވެސް މި އުސޫލެއް ނުހިނގާނެއެވެ.

ރާއްޖޭގައި އުޅޭ ބިދޭސީއަކު މަސައްކަތުގައި އެ މީހުން ގެނެސް އިހުމާލުވާނަމަ ޖޫރިމަނާ ކުރެވޭ އިސްލާހެއް ވަނީ ހުށަހަޅާފައި

ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް އިހުމާލުވާ ކޮންމެ ބިދޭސީއަކަށް 50،000ރ. ގެ ޖޫރިމަނާއެއް، ވަޒީފާ ދޭ ފަރާތް ކުރެވޭ ގޮތަށް ވަޒީފާއާ ބެހޭ ގާނޫނަށް އިސްލާހު ސަރުކާރުން ހުށަހަޅައިފި އެވެ.

ބިލް މަޖިލީހަށް ހުށަހެޅުއްވީ ކޮންގްރެސް ޕާޓީއަށް ނިސްބަތްވެ ވަޑައިގަންނަވާ ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ދާއޫދެވެ.

ސަރުކާރުގެ ބިލުގައި ބުނެފައިވާ ގޮތުން ބިދޭސީއަކު ރާއްޖެ ގެނައުމަށް ފަހު، ވަޒީފާ ދޭ ފަރާތުން އިހުމާލު ވެއްޖެ ނަމަ ތިން ފިޔަވަޅެއް އެޅޭނެ އެވެ. އެގޮތުން ބިދޭސީން ރާއްޖެ ގެނައުމަށް ފަހު އިހުމާލުވާ، ވަޒީފާ ދޭ ފަރާތްތަކުގެ މައުލޫމާތު އާންމު ކުރުމާއި އިހުމާލުވާ ކޮންމެ މުވައްޒަފަކަށް 50،000ރ. އިން ޖޫރިމަނާ ކުރުމާއި ބިދޭސީ މަސައްކަތްތެރިންނާ ގުޅޭ ގޮތުން ވަޒީފާދޭ ފަރާތަށް ދޭ ހިދުމަތްތައް ވަކި މުއްދަތަކަށް ހުއްޓާލެވޭނެ އެވެ. 

އިހުމާލުވި ކަމުގައި ބަލަނީ މުސާރަ ނުދިނުމާއި ފޯރު ކޮށްދޭން ޖެހޭ އަސާސީ ކަން ކަމާއި ގަވައިދަކުން ކަނޑައަޅާ ކަންކަން ފުރިހަމަ ނުކުރުމާއި ބިދޭސީން ރާއްޖެ ގެނައުމުގައި އެކްސްޕްލޮއިޓޭޝަންގެ އަމަލެއް ހިންގުން ނުވަތަ އެ މީހުން ލައްވާ ގާނޫނާ ހިލާފު އަމަލުތައް ހިންގުމާއި ބިދޭސީ މަސައްކަތްތެރިޔާ ގެންނަ ވަޒީފާ ނޫން އެހެން ވަޒީފާއެއް އަދާ ކުރުވުމެވެ.

ބިދޭސީންނަށް ރާއްޖޭގައި ވަޒީފާ އަދާ ކުރެވޭނީ ހަދާ ގަވައިދުގައިވާ ގޮތުގެ މަތިން ރާއްޖޭގައި މަސައްކަތް ކުރުމުގެ ހުއްދަ ހޯދުމަށް ފަހުގައެވެ. އެކަމަކު، ޑިޕްލޮމެޓިކް އިމްތިޔާޒް ލިބިގެންވާ ބިދޭސީންނާއި ރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަގުވާމީ މުއާހަދާއެއް ނުވަތަ އެއްބަސްވުމެއްގެ ދަށުން ރާއްޖޭގައި މަސައްކަތް ކުރާ ބައިނަލްއަގުވާމީ ޖަމިއްޔާތަކުގައި ވަޒީފާ އަދާކުރާ ބިދޭސީ ފަރާތްތަކާއި އެފަދަ އެއްބަސްވުންތަކުގެ ދަށުން ކަނޑައެޅޭ ވަކި މުއްދަތަކަށް ސެކަންޑްމަންޓްގެ އުސޫލުން ނުވަތަ އެ ނޫން ގޮތަކުން ވެސް ރާއްޖޭގައި މަސައްކަތް ކުރުމަށް ކަނޑައެޅޭ ފަރާތްތަކަށް މި އުސޫލެއް ނުހިނގާނެ އެވެ.

އަދި އިމިގްރޭޝަންގެ ގާނޫނުގެ ދަށުން ވޯކް ވިސާ ފިޔަވައި އެ ނޫން ބާވަތެއްގެ ވިސާގައި ރާއްޖޭގައި ވަޒީފާ އަދާކުރުމުގެ ހުއްދަ ލިބިދީފައިވާ މީހުންނަށް ވެސް މި އުސޫލެއް ނުހިނގާނެއެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.