ކަނޑުގެ ދިރުންތަކުގެ ދިރާސާތައް ކުރިއަށް ގެންދެވޭނެ މަގު ފަހިކޮށްދޭނެ: ޝިޔާމް

މި ސިމްޕޯސިއަމް ކުރިއަށްދާނީ މާދަމާގެ ނިޔަަލަށެވެ. ސިމްޕޯސިއަމް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި 1984 އުފެދުނު މެރިން ރިސާޗް އިންސްޓިޓިއުޓަށް 40 އަހަރު ފުރުންވެސް ވަނީ ފާހަގަ ކޮށްފަ އެވެ.

ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް

ކަނޑުގެ ދިރުންތަކާބެހޭ ދިރާސާތައް ދެމެހެއްޓެނިވި ގޮތު، ކުރިއަށް ގެންދެވޭނެ މަގެސް ސަރުކާރުން ފަހިކޮށް ދިނުމަކީ އަމާޒެއް ކަމަށް މަސްވެރިކަމާބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅު ވެއްޖެ އެވެ.

ފަސް ވަނަ މޯލްޑިވްސް މެރިން ސައިންސް ސިމްޕޯސިއަމް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ މިނިސްޓަރު ޝިޔާމް ވިދާޅުވީ ކަނޑުގެ ދިރުންތަކާއި ވަސީލަތްތައް ދިރުވާ، އެއިން މަންފާ ހޯދަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިސްކަން ދެއްވާ ކަމަށާއި އަމާޒަކީ ކަނޑުގެ ވަސީލަތްތަކާ ބެހޭގޮތުން ދިރާސާތައް އިތުރުކޮށް، ދެމެހެއްޓެނިވި ގޮތެއްގައި އެކަން ކުރެވޭނެ މަގެއް ފަހި ކޮށްދިނުން ކަމަށެވެ. އެ ގޮތުން ގަވާއިދުތަކާއި އުސޫލުތަކާއި އެއްގޮތަށް އެފަދަ ދިރާސާތައް ކުރަން ވެސް އެދިވަޑައިގަތެވެ.

މެރިން ސައިންސް ސިމްޕޯސިއަމްއަކީ މޯލްޑިވްސް މެރިން ރިސާޗް އިންސްޓިޓިއުޓުން 2016 ވަނަ އަހަރުން ފެށިގެން ބާއްވާ ސިމްޕޯސިއަމެކެވެ. މި ސިމްޕޯސިއަމްގައި ދިވެހި ސައިންސްވެރިންގެ އިތުރުން ބޭރުގެ ސައިންސްވެރިން ބައިވެރިވެ، ދިރާސީ ކަރުދާސްތައް ހުށަހަޅަ އެވެ. މިފަހަރު ވެސް 92 ދިރާސީ ކަރުދާސް ހިމެނެ އެވެ. 

މި ސިމްޕޯސިއަމް ކުރިއަށްދާނީ މާދަމާގެ ނިޔަަލަށެވެ. ސިމްޕޯސިއަމް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި 1984 އުފެދުނު މެރިން ރިސާޗް އިންސްޓިޓިއުޓަށް 40 އަހަރު ފުރުންވެސް ވަނީ ފާހަގަ ކޮށްފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.