ކުރިއަށް އޮތް ހަތަރު އަހަރު މި ސަރުކާރަށް އޮންނާނީ ކުރީ ސަރުކާރުން ފެށި ޕްރޮޖެކްޓްތަކުގެ ރިބަން ކެނޑުން: އަމީރު

"ކުރީ ސަރުކާރުން ފަށާފައިވާ ކަންތައްތައް ނިމުނީމަ އޭގެ ކްރެޑިޓް ނަންގަވަން އުޅުން ފިޔަވާ އެއްވެސް ކަމެއް ނުކުރާނެ،" އަމީރު ވިދާޅުވި އެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާއި ކުރީގެ ފިނޭންސް މިނިސްޓަރު އަމީރު

ކުރިއަށް އޮތް ހަތަރު އަހަރު މި ސަރުކާރަށް އޮންނާނީ ކުރީ ސަރުކާރުން ފެށި ޕްރޮޖެކްޓްތައް ނިންމުމުން ރިބަން ކެނޑުން ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ. 

އެކްސްގައި ކުރެއްވި ޕޯސްޓެއް ގައި އަމީރު ވިދާޅުވީ ކުރިއަށް އޮތް ހަތަރު އަހަރުވެސް މި ސަރުކާރުގެ ވެރީން އުޅުއްވާނީ ކުރީ ސަރުކާރުން -- ރައީސް ސޯލިހް ފައްޓަވާފައިވާ ޕްރޮޖެކްޓްތައް ނިމުމުން އެ ޕްރޮޖެކްޓްތަކުގެ ރިބަން ކަނޑައި އިފްތިތާހު ކުރުމުގައި ކަމަށެވެ.

"ކުރީ ސަރުކާރުން ފަށާފައިވާ ކަންތައްތައް ނިމުނީމަ އޭގެ ކްރެޑިޓް ނަންގަވަން އުޅުން ފިޔަވާ އެއްވެސް ކަމެއް ނުކުރާނެ،" އަމީރު ވިދާޅުވި އެވެ.

އަދި ވިދާޅުވީ އެ ނޫން ކަމެއް ކުރުމުގެ ބުއްދިއެއްވެސް މި ސަރުކާރުގެ ވެރީންގެ ނެތް ކަމަށެވެ. މީގެ އިތުރުން ވެރިކަމަށް އައުމަށް ވެވަޑައިގެންނެވި ވައުދުތައް ފުއްދެވުމަށް ނުވެސް އުޅުއްވާ ކަމަށް ވިދާޅުވި އެވެ.

"މުޅީން ވެސް މަކަރާއި އޮޅުވާލުން،" ސަރުކާރަށް އަމާޒު ކުރައްވާ އަމީރު ވިދާޅުވި އެވެ.

ކުރިއަށް އޮތް ހަތަރު އަހަރު މި ސަރުކާރަށް އޮންނާނީ ކުރީ ސަރުކާރުން ފެށި ޕްރޮޖެކްޓްތައް ނިންމުމުން ރިބަން ކެނޑުން ކަމަށް އަމީރު ވިދާޅުވި ނަމަވެސް މި ސަރުކާރުގެ ވެރީން ވަނީ ނިމިދިޔަ ފަސް އަހަރަކީ ތަރައްގީ ހުއްޓިފައި އޮތް ފަސް އަހަރުގެ ގޮތުގައި ސިފަ ކުރައްވަމުންނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.