އަތީކު ނިޔާވި މައްސަލާގައި ފެނަކައަށް ބައިލައްކައިގެ ޖޫރިމަނާއެއް

ޔޫއާރުއޭ އިން ބުނި ގޮތުގައި މި ހާދިސާ ހިނގީ މަގުބައްތިތަކުގައި އާތު ލީކް ސާކިޓް ބްރޭކަރު ހަރުކޮށްފައި ނުވާތީ އެވެ.

ކުދީން ކަރަންޓް ގައި ޖެހުނު ސަރަހައްދު ބަންދު ކޮށްފައި -- އުނގޫފާރު.ކޮމްގެ ފޮޓޯއެއް

ރ. އަތޮޅު އުނގޫފާރުގައި ކަރަންޓު ޖެހިގެން ކުއްޖަކު މަރުވި މައްސަލާ ގައި ކަރަންޓް ކުންފުނި -- ފެނަކަ ބޮޑު އަދަދަކުން ޖޫރިމަނާކޮށްފި އެވެ.

މެއި މަހުގެ ހަފްތާ ގައި ހިނގި ހާދިސާގައި އަނިޔާވެ ނިޔާވީ އުނގޫފާރަށް ނިސްބަތްވާ ހުސައިން އަތީކް 18، އެވެ.

ހާދިސާ ހިނގާފައި ވަނީ ވާރޭވެހި ހެދިފައިވާ ފެންގަނޑަކަށް، މަގުމަތީގައި ހުރި ހޮޅިދަނޑިއަކުން، ކަރަންޓުގެ އަސަރުކޮށްގެނެވެ. އެ ކަރަންޓުގައި ތިން ކުއްޖަކު ޖެހުނެވެ. ކަރަންޓު ޖެހި އަތީކްގެ ހާލު ގޯސްވީ ފުރަތަމަ ކަރަންޓު ޖެހުނު ދެ ކުދިން ސަލާމަތްކުރުމުގެ ތެރޭގައި ހޮޅިދަނޑީ ގައި އަތްލެވިގެނެވެ. ނިޔާވީ އިތުރު ފަރުވާއަށް މާލެ ގެނެސް ފަރުވާ ދެނިކޮށެވެ.

އެ ހާދިސާއާ ގުޅިގެން ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ (ޔޫއާރުއޭ) އިން ވަނީ އެކަން ބަލާ ތަހުގީގު ކޮށްފަ އެވެ. އެ އޮތޯރިޓީން ނިންމީ ފެނަކަގެ އިހުމާލު އެކަމުގައި އޮތުމުން 50،000ރ އިން ޖޫރިމަނާ ކުރުމަށެވެ. އަދި އެ ފައިސާ މަސް ދުވަހުގެ ތެރޭގައި ދެއްކުމަށެވެ.

ޔޫއާރުއޭ އިން ބުނި ގޮތުގައި މި ހާދިސާ ހިނގީ މަގުބައްތިތަކުގައި އާތު ލީކް ސާކިޓް ބްރޭކަރު ހަރުކޮށްފައި ނުވާތީ އެވެ. އަދި ތަހުގީގުން އެނގުނު ގޮތުގައި ގިނަ ރަށްތަކުގައި އެ ކުންފުނިން މަގުބައްތިތައް ދިއްލަމުން ދަނީ އާތު ލީކް ސާކިޓް ބްރޭކަރު ހަރުނުކޮށް ކަމަށެވެ. އެހެން ކަމުން މަސް ދުވަހުގެ ތެރޭގައި އެކަން ރަނގަޅު ކުރުމަށް ވެސް ވަނީ އަންގާފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.