މުނައްވަރާމެދު އާންމުންގެ ޝަކުވާއެއް އޮތްތޯ ބަލަނީ

މަޖިލީހުގެ އިދާރާ އިން މިހާރު ވަނީ މުނައްވަރާމެދު އާންމުންގެ ޝަކުވާއެއް އޮތްނަމަ ހުށައަޅަން ފުރުސަތު ހުޅުވާލާފަ އެވެ. ޝަކުވާ ހުށައެޅުމުގެ ފަހު ވަގުތަކީ މާދަމާގެ ދޭއް ޖެހުމުގެ ކުރިއެވެ.

ގަވަރުނަރުގެ މަގާމަށް އައްޔަނު ކުރައްވަން ނިންމަވާފައިވާ މުނައްވަަރު

އެމްއެމްއޭގެ ގަވަރުނަރު ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު އައްޔަނު ކުރަން ފޮނުވާފައިވާތީ މުނައްވަރާމެދު އާންމުންގެ ޝަކުވާއެއް އޮތްތޯ ބަލަން ރައްޔިތުންގެ މަޖިލީހުން ހުޅުވާލައިފި އެވެ.

މުނައްވަރު އެ މަގާމަށް އައްޔަން ކުރަން މަޖިލީހަށް ފޮނުއްވެވީ މަސްއޫލިއްޔަތު އަދާ ނުކުރައްވާ ކަމަށް ބުނެ، ގަވަރުނަރު އަލީ ހާޝިމް މަގާމުން ވަކިކުރަން މަޖިލީހުން ރައީސަށް ލަފާ ދިނުމުން އޭނާ މަގާމުން ވަކި ކުރުމަށް ފަހު އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ މައްސަލަ އެޖެންޑާކޮށް، ރިޔާސަތުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ މުނައްވަރުގެ ނަން ދިރާސާ ކުރަން މާލިއްޔަތު ކޮމިޓީއަށް ފޮނުއްވާލައްވާފަ އެވެ.

މަޖިލީހުގެ އިދާރާ އިން މިހާރު ވަނީ މުނައްވަރާމެދު އާންމުންގެ ޝަކުވާއެއް އޮތްނަމަ ހުށައަޅަން ފުރުސަތު ހުޅުވާލާފަ އެވެ. ޝަކުވާ  ހުށައެޅުމުގެ ފަހު ވަގުތަކީ މާދަމާގެ ދޭއް ޖެހުމުގެ ކުރިއެވެ.

އަލަށް ގަވަރުނަރު ކަމަށް އައްޔަން ކުރާ މުނައްވަރު ފިނޭންސް މިނިސްޓަރު މިހާރު ހުންނެވީ ވަޒީރެއްގެ ފެންވަރުގައި ފިނޭންސްގެ އެޑްވައިޒަރެއްގެ މަގާމުގަ އެވެ. އޭނާ ފިނޭންސް މިނިސްޓަރުކަން ކުރެއްވީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގަ އެވެ.  

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.