ކައުންސިލަކުން 600 މިލިއަން ޑޮލަރުގެ މަޝްރޫއެއް ހިންގާ ކަމަށް ވިދާޅުވީ ކެލާ މެންބަރު

ކެލާ ދާއިރާގެ މެންބަރު ޢަބްދުﷲ ޝަރީފްވަނީ ތަކުރާރުކޮށް 600 މިލިއަން ޑޮލަރުގެ މަޝްރޫއު ހިންގާ ކަމަށް ބުނެ އެ މައްސަލަ ބަލަން މާލިއްޔަތު ކޮމެޓީގައި އެދިވަަޑައިގެންފަ އެވެ.

ކެލާ ދާއިރާގެ މެންބަރު ޢަބްދުﷲ ޝަރީފް

އެންމެ ބޮޑު މަޝްރޫއު ވީއައިއޭގެ އަގަކީ އެއް ބިލިއަން ޑޮލަރު

ރަށެއްގެ ކައުންސިލަކުން 600 މިލިއަން ޑޮލަރު (ގާތްގަނޑަކަށް ނުވަ ބިލިއަން ރުފިޔާ) ގެ މަޝްރޫއެއް ހިންގަމުން އަންނަ ކަމަށް ކެލާ ދާއިރާގެ މެންބަރު އަބްދުﷲ ޝަރީފް ވިދާޅުވުމުން މާލިއްޔަތު ކޮމެޓީން ސުވާލު އުފައްދައިފި އެވެ. 

މަޖިލީހުގައި އިއްޔެ އޮތް މާލިއްޔަތު ކޮމެޓީގެ ބައްދަލުވުމެއްގައި ކޮންގްރެސް ޕާޓީގެ އެ މެންބަރު ވިދާޅުވީ މި ރާއްޖޭގައި ތިބި ބޮޑެތި ވިޔަފާރިތަކާއި ދައުލަތަށްވުރެ ބޮޑެތި އިންވެސްޓްމަންތައް ކައުންސިލް ތަކުން ހިންގަމުންދާ ކަމަށެވެ. 

"އަޅުގަނޑު އުފާ ކުރަން ކައުންސިލް ތަކުން އެވަރުގެ އިންވެސްޓްމަންޓް ތަކަށް ގޮސް އެކަން ކުރާތީ. އެއީ ހިތްހަމަ ޖެހުމެއް އުފަލެއް. އެއީ ރަށްރަށް ލިބޭ ކުރިއެރުމެއް އެހެން ނަމަވެސް ވިސްނަވާ ލައްވާ 600 މިލިއަން ޑޮލަރު 800 މިލިއަން ޑޮލަރުގެ ވިޔަފާރި ކައުންސިލުން ކުރަމުން ދާއިރުގައި ކަމާ ގުޅުންހުރި އިދާރާތަކުގެ ސޭއެއް ކިހާ ވަރަށް ތޯ ހޯދިފައި އޮތީ. ނޫނީ އެކަން އޮތީ ކިހިނެއްތޯ؟ މިހެން ހުރި މުއާމަލާތް ކުރާއިރު އޮންނަނީ ބޭކް ފަޔާކޮށްފައި،" ޝަރީފު ވިދާޅުވި އެވެ. 

މި ވާހަކަފުޅަށް ތާއީދު ކުރެއްވި ނަމަވެސް ހަނިމާދޫ ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާ ވަނީ އެ އަދަދަށް ވިޔަފާރި ކުރަނީ ކޮން ކައުންސިލެއްކަން އެނގެން ޖެހޭ ކަމަށް ވިދާޅުވެ ސުވާލު އުފައްދަވާފަ އެވެ. 

"ތިޔަހެން ވޯލްޑް ވައިޑްކޮށް މައްސަލަ ހުށަހެޅީމަ ކިހިނެއްތޯ އަޅުގަނޑުމެން މައްސަލަ ބަލާނީ. ކައުންސިލްގެ ނަން ބުނަން ޖެހޭ،" ޣަފޫރު ވިދާޅުވި އެވެ. 

އެ ކޮމެޓީގައި ކޮމެޓީގެ މުގައްރިރު އަދި ރާއްޖޭގެ އެންމެ ބޮޑު ވިޔަފާރިވެރިޔާ ގާސިމް އިބްރާހިމް ވިދާޅުވީ 600 މިލިއަން ޑޮލަރުގެ ޓްރާންސެކްޝަނެއް ރާއްޖޭގެ ރަށެއްގައި ހިންގާ ވާހަކަ ވިދާޅުވުމަކީ ވަރަށް ބޮޑު މައްސަލައެއް ކަމަށާ އަދި އެއީ ވަރަށް ޝައުގުވެރި ވެސް ވާހަކަފުޅެއް ކަމަށެވެ. އަދި މާލިއްޔަތު ކޮމެޓީން އެ ބާވަތުގެ މައްސަލަތައް ބެލުމުގެ ޝައުގުވެރިކަން ވެސް ހުންނަން ޖެހޭނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. 

ރާއްޖޭގައި މިވަގުތު ހިންގާ އެންމެ ބޮޑު އެއް މަޝްރޫއަކީ ވީއައިއޭ މަޝްރޫއެވެ. އެ މަޝްރޫއުގެ އަގަކީ އެއް ބިލިއަން ޑޮލަރެވެ. އަދި ދެވަނައަށް ހިންގާ އެންމެ ބޮޑު މަޝްރޫއަކީ ތިލަމާލެ ބްރިޖު އެޅުމެވެ. އެ މަޝްރޫއުގެ އަގަކީ 500 މިލިއަން ޑޮލަރެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.