ޒިންމާ އަދާ ނުކުރާ ނަމަ ޝަމީމް މަގާމުން ވަކިކުރާނެ ކަމުގެ އިންޒާރު

އައްބާސް ވިދާޅުވީ، އާންމުންނަށް އަނިޔާވެރިވެ، އާންމުން އެދޭ ގޮތަށް މަސައްކަތްނުކުރައްވާ ބޭފުޅުން އިސް މަގާމުތަކުގައި ބަހައްޓަން މަޖިލީހުން ފުރުސަތެއް ނުދޭނެ ކަމަށާއި، އެއަށްވުރެ 20 ވަނަ މަޖިލިސް ނަޒާހަތްތެރި ވާނެ ކަމަށެވެ.

ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް:

މަގާމުގެ ޒިންމާ އަދާ ނުކުރެއްވޭ ނަމަ ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް އެ މަގާމުން ވަކި ކުރާނެ ކަމުގެ އިންޒާރެއް ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ދެއްވައިފި އެވެ.

އިންޓަނެޓް މެދުވެރިކޮށް ކުރާ ކުށްތައް ހިމެނުމަށް ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ކޮންގްރެސް ޕާޓީގެ ފަރާތުން މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރިކް ހުށަހެޅުއްވި އިސްލާހަށް ބަހުސް ކުރައްވަމުން އައްބާސް ވިދާޅުވީ، ޕްރޮސެކިއުޓާ ޖެނެރަލް މަސައްކަތްކުރައްވަން ވާނީ ވަކި ބައެއްގެ ހައްގުގައި ނޫން ކަމަށެވެ. 

"އެ ބޭފުޅާ ވެސް އެބަޖެހޭ އެ ބޭފުޅާގެ ގާނޫނީ ޒިންމާ އަދާ ކުރައްވަން، އަދާ ނުކުރެއްވެންޏާ މިހާރުން މިހާރަށް އިސްތިއުފާދެއްވާފަ ގެއަށް ވަޑައިގަންނަވަންވީ، އެހެންނޫނީ ގަވަރުނަރު ބޭރުކުރި ގޮތަށް އަޅުގަނޑުމެން ބޭރުކުރާނަން،"

އައްބާސް ވިދާޅުވީ، އާންމުންނަށް އަނިޔާވެރިވެ، އާންމުން އެދޭ ގޮތަށް މަސައްކަތްނުކުރައްވާ ބޭފުޅުން އިސް މަގާމުތަކުގައި ބަހައްޓަން މަޖިލީހުން ފުރުސަތެއް ނުދޭނެ ކަމަށާއި، އެއަށްވުރެ 20 ވަނަ މަޖިލިސް ނަޒާހަތްތެރި ވާނެ ކަމަށެވެ. އަދި ވިދާޅުވީ ވާނުވާ ބަންދާއި ޝަރީއަތް ނިމެންދެން މީހުން ބަންދުކޮށްފައި ތިބުން ގާނޫނުއަސާސީން ރައީސަށް ލިބިދޭ ބާރުގެ ދަށުން ވިޔަސް ނުވަތަ ޕްރޮސެކިއުޓާ ޖެނެރަލަށް ލިބިދޭ ބާރުގެ ދަށުން ވިޔަސް ނިމުމަކަށް ގެންނަން ޖެހޭ ކަމަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.