ރައީސް އޮފީހުން މައުލޫމާތު ނުދީގެން ދައުވާ ކުރަން އެދުނު މައްސަލައަކީ މި ސަރުކާރާ ގުޅުންހުރި މައްސަލައެއް ނޫން

އެއީ މި ސަރުކާރު ފެށުމުގެ މާކުރީން ކޮވިޑް ވެކްސިންގެ މައުލޫމާތުތަކެއް ސާފުކުރަން 2022 ވަނަ އަހަރު ހުށަހަޅާ އޭރު މައުލޫމާތު ނުދީ އޮތް މައްސަލައެކެވެ.

ރައީސް އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު

ރައީސް އޮފީހުން މައުލޫމާތު ނުދީގެން ދައުވާ ކުރަން އެދުނު މައްސަލައަކީ މި ސަރުކާރާ ގުޅުންހުރި މައްސަލައެއް ނޫން ކަމަށް ސަރުކާރުން ބުނެފި އެވެ.

ރައީސް އޮފީހުގެ މައްޗަށް މައުލޫމާތު ހާމަކުރުމަށް އެދި އިންފޮމޭޝަން ކޮމިޝަނަރު އޮފީހުން އެންގި އެންގި އެންގުމަށް އެ އޮފީހުން އަމަލު ނުކުރުމުން އެ މައްސަލަ މިހާރު އޮތީ ޕީޖީ އޮފީހުގަ އެވެ.

އެކަމާ ގުޅިގެން މި ސަރުކާރުން ވެސް ކުރީ ސަރުކާރެކޭ އެއްގޮތަށް މައުލޫމާތު ސިއްރު ކުރާ ކަމަށް ބުނެ ވާދަވެރީން ވަނީ ފާޑުކިޔުން އަމާޒުކޮށްފަ އެވެ.

އެކަމުގެ ހަގީގަތް ސާފުކޮށް ދެއްވާ ރައީސް އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު ވިދާޅުވީ ‏އާރްޓީއައި ގެ ދަށުން، ރައީސް އޮފީހުން މަޢުލޫމާތު ނުދީގެން ޖިނާއީ ދައުވާ ކޮށްދެއްވުން އެދި އިންފޮމޭޝަން ކޮމިޝަނަރުގެ ފަރާތުން ޕީޖީއަށް ހުށަހަޅުއްވާފައިވާ މައްސަލަ އަކީ މި ސަރުކާރާ ގުޅުންހުރި މައްސަލައެއް ނޫން ކަމަށެވެ.

އަދި ވިދާޅުވީ އެއީ މި ސަރުކާރު ފެށުމުގެ މާކުރީން ކޮވިޑް ވެކްސިންގެ މައުލޫމާތުތަކެއް ސާފުކުރަން 2022 ވަނަ އަހަރު ހުށަހަޅާ އޭރު މައުލޫމާތު ނުދީ އޮތް މައްސަލައެއް ކަމަށެވެ.

ހީނާ ތަކުރާރު ކުރައްވާ ވިދާޅުވީ ރައްޔިތުންނަށް ކަންކަން ސިއްރު ކުރުމަކީ މި ސަރުކާރުގެ ސިޔާސަތު ނޫން ކަމަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.