ގޯތި ދޫކުރުމުން އެޗްޑީސީއަށް ލިބުނު ގެއްލުން ބަލަން އޮޑިޓެއް ހަދަނީ

މާލިއްޔަތު ކޮމެޓީން ވަނީ ދެ އޮޑިޓެއް ހަދައި ދެ މަސް ދުވަހުގެ ތެރޭގައި އޮޑިޓަ ޖެނެރަލް އޮފީހުން ހުށަހަޅަން އަންގާފަ އެވެ.

ގޯތި ދޫކުރި މަގެއްގެ ތާރު ކެނޑުމުގެ މަސައްކަތް ކުރަނީ

ހުޅުމާލެ މާސްޓަ ޕްލޭން ހަލާކުކޮށްލައި ހުޅުމާލެއިން ބަންޑާރަ ގޯތި ދޫކުރުމުގެ ސަބަބުން އެޗްޑީސީ އަށް ލިބުނު ގެއްލުން ބަލަން އޮޑިޓެއް ހަދަން ހުށަހަޅައިފި އެވެ.

މަޖިލީހުގައި މިއަދު އޮތް މާލިއްޔަތު ކޮމެޓީގެ ބައްދަލުވުމުގައި އެޗްޑީސީގެ ގޯތި ދިނުމުގެ މަސައްކަތް ދިޔަގޮތުގެ އޮޑިޓް ހަދަން ހުށަހެޅުއްވީ ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު ހަމަދު އަބްދުﷲ އެވެ.

އޭނާ ވިދާޅުވީ މި އޮޑިޓުގެ ބޭނުމަކީ ގޯތިތައް އަތުލުން ނޫން ކަމަށާ ބޭނުމަކީ ގޯތި ދޫކުރުމުގެ ސަބަބުން އެޗްޑީސީއަށް ލިބުނު ގެއްލުން ބަލައިލައި އެފަދަ ކަންކަން ވިޔަ ނުދިނުމަށް ކަމަށެވެ.

މީގެ އިތުރުން ހަމަދު ވަނީ އެސްއެމްއީ ބޭންކުގެ އޮޑިޓެއް ހަދަން ވެސް ހުށަހަޅުއްވާފަ އެވެ. މި ދެ އޮޑިޓް ކޮށް އޮޑިޓަ ޖެނެރަލް އޮފީހުން ދެ މަސް ދުވަހުގެ ތެރޭގައި ނިންމަން ޖެހެ އެވެ.

ހުޅުމާލޭގެ މާސްޓަ ޕްލޭންއާ ހިލާފަށް ގޯތި ދިނުމުގެ ސަބަބުން އެޗްޑީސީއަށް ބޮޑު ގެއްލުން ވެފައިވެ އެވެ. މިކަމުގެ ސަބަބުން އެޗްޑީސީއަށް އޮތް ވިޔަފާރީގެ ފުރުސަތުތައް ބަންދުވެ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުސް ޖާގައިގެ ގޮތުގައި ކުރިން އޮތް ބިންތައްވެސް މިހާރު ވަނީ ބަންދުވެފަ އެވެ. މިކަމުގެ ސަބަބުން ބައެއް މަގުތައް ބަންދުކޮށް އަލަށް އިތުރު މަގުތައް ކަނޑަން ޖެހިފައިވެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.