ހިޔާ އަވަށުގައި އާޓިފިޝަލް ބީޗެއް ހަދަނީ

ހުޅުމާލެއަކީ އެއް ލައްކަ މީހުން ދިރިއުޅޭ ރަށެކެވެ. އަދި ދެވަނަ ފިޔަވަހީގައި 35،000 މީހުން ދިރިއުޅެ އެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހަދަމުންދާ އާޓިފިޝަލް ބީޗް

ހުޅުމާލޭ ފޭސް ދޭކާއި ޓޫރިޒަމް ޒޯން ކަމަށްވާ "އާބަން އައިލް" އާ ދެމެދު ޗެނަލް ބްރިޖެއް އަޅައި، ދެވަނަ ފިޔަވަހީގައި އާޓިފިޝަލް ބީޗެއް ހެދުމުގެ މަސައްކަތް ފަށައިފި އެވެ.

ރާއްޖޭގެ އާބާދީގައި މާލެ ނަގާފައި އެންމެ ގިނަ ބަޔަކު ދިރިއުޅެމުންދާ ހިޔާއަވަށް ނުވަތަ ހުޅުމާލެ ދެވަނަ ފިޔަވަހީގެ ރައްޔިތުންގެ އުފާވެރިކަމަށް މުހިންމު މި މަސައްކަތް ކުރާކަން އިއުލާނު ކުރުމުގެ ގޮތުން އެޗްޑީސީ އިން ވަނީ ވީޑިއޯއެއް އާއްމުކޮށްފަ އެވެ. އެ ވީޑިއޯއިން ފެންނަ ގޮތުން މިހާރު އެ މަސައްކަތުގެ ބޮޑުބައެއް ވަނީ ނިންމާލާފަ އެވެ. 

ހުޅުމާލެއަކީ ގާތްގަނޑަކަށް އެއް ލައްކައަށްވުރެ ބޮޑު އާބާދީއެއް ދިރިއުޅޭ ރަށެވެ. އަދި ހިޔާ ފްލެޓުގައި ގާތްގަނޑަކަށް 35،000 މީހުން ދިރިއުޅެ އެވެ. 

އެޗްޑީސީ އިން ވަނީ މި އަހަރު އާބަން އައިލްސްގެ ދަށުން ފަސް މިލިއަން ޑޮލަރާއި 6.5 މިލިއަން ޑޮލަރާ ދެމެދު ޕްރޮޖެކްޓު ހިންގާނެ ކަމަށް ބުނެފަ އެވެ. "އާބަން އަައިލް"ގެ ނަމުގައި ހުޅުމާލެ 2 ގައި ތަރައްގީ ކުރާ ޓޫރިޒަމް ޒޯނަށް 100،000 އަކަމީޓަރުގެ ބިމުގެ ސަރަހައްދެއްގައި ޓޫރިޒަމް ތަރައްގީ ކުރާނެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.