ހުޅުމާލޭގައި ފުޑް ޓްރަކް ހިންގަން ހުށަހަޅަން ހުޅުވާލައިފި

މި ހިދުމަތް ދޭނީ ހުޅުމާލެ 12 ސަރަހައްދެއްގަ އެވެ. ހިދުމަތް ދޭ ފަރާތްތަކަށް ހާއްސަ ގަވައިދެއްވެސް އެޗްޑީސީއިން އާއްމުކޮށްފައިވެ އެވެ.

ހުޅުމާލޭގައި ފުޑް ޓްރަކް ހިންގަން ބޭނުންވާ ފަރާތްތަކުން ޝައުގުވެރިކަން ފާޅު ކުރުމުގެ ފުރުސަތު ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ) އިން ހުޅުވާލައިފި އެވެ.

އެޗްޑީސީ އިން ޝައުގުވެރިކަން ފާޅު ކުރަން ކޮށްފައިވާ އިއުލާނުގައިވާ ގޮތުން މިކަމަށް ފުރުސަތު ހުޅުވާލާނީ ފީއެއް ނަގައިގެންނެވެ. އަދި އެކަން ކުރާނެ ސަރަހައްދު ތަކެއް ވެސް ވަނީ އިއުލާނުކޮށްފަ އެވެ. މި ހިދުމަތްދޭ ކާނާ އުފައްދާ އަދި ވިއްކާ އުޅަނދުތައް ހުޅުމާލޭގެ 12 ސަރަހައްދެއްގައި ހަރަކާތްތެރިވާނެ އެވެ. 

ފުޑް ޓްރަން ހަރަކާތްތެރިވާނެ ސަރަހައްދުތައް

  • 1.އެސްޓީއޯ ހޮޓެލް ސަރަހައްދު
  • 2.ފެރީ ޓާމިނަލް
  • 3.ސެންޓްރަލް ޕާކް
  • 4.އެޗްޑީސީ,ހެޑް އޮފީސް
  • 5.ފަހިވެނި ކޮމިއުނިޓީ ސެންޓަރު ސަރަހައްދު
  • 6.ފެހިރެސް ޕާކް
  • 7.ރެހެންދި ސްކޫލް
  • 8.ރުއްގަނޑު އެކެއް ސަރަހައްދު
  • 9.ރުއްގަނޑު ދޭއް ސަރަހައްދު
  • 10.ރެޑްބުލް ޕާކް ސަރަހައްދު
  • 11.ފުޓްބޯލް ސްޓޭޑިއަމް ސަރަހައްދު
  • 12.ވޯޓާ ތީމް ޕާކް

އެޗްޑީސީއިން ވަނީ މި ހިދުމަތްދޭން ގަވައިދުވެސް އާއްމުކޮށްފަ އެވެ. މިގޮތުން މި ގައިޑްލައިއާ ހިލާފުވާ ފަރާތްތަކުން 5,000ރ. އާއި 50,000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރާނެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.