މުނައްވަރު ގަވަރުނަރު ކަމަށް އައްޔަންކުރަން ކޮމިޓީއަށް

މުނައްވަރު ފިނޭންސް މިނިސްޓަރު މިހާރު ހުންނެވީ ވަޒީރެއްގެ ފެންވަރުގައި ފިނޭންސްގެ އެޑްވައިޒަރެއްގެ މަގާމުގަ އެވެ.

ކުރީގެ ފިނޭންސް މިނިސްޓަރު އަދި އަލަށް ގަވަރުނަރު ކަމަށް ވަޑައިގަންނަވާ އަހުމަދު މުނައްވަރު

އެމްއެމްއޭގެ ގަވަރުނަރު ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު އައްޔަން ކުރުމުގެ މަސައްކަތް ދިރާސާ ކުރަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް މިއަދު ފޮނުވައިފި އެވެ.

މުނައްވަރު އެ މަގާމަށް އައްޔަން ކުރަން މަޖިލީހަށް ފޮނުއްވެވީ މަސްއޫލިއްޔަތު އަދާ ނުކުރައްވާ ކަމަށް ބުނެ، ގަވަރުނަރު އަލީ ހާޝިމް މަގާމުން ވަކިކުރަން މަޖިލީހުން ރައީސަށް ލަފާ ދިނުމުން އޭނާ މަގާމުން ވަކި ކުރުމަށް ފަހު އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ މައްސަލަ އެޖެންޑާކޮށް، ރިޔާސަތުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ މުނައްވަރުގެ ނަން ދިރާސާ ކުރަން މާލިއްޔަތު ކޮމިޓީއަށް ފޮނުއްވާލައްވާފަ އެވެ.

ހާޝިމް ވަކިކުރަން ރައީސަށް ލަފާ އެރުވުމަށް މަޖިލީހުން ފާސް ކުރީ އިއްޔެ އެވެ. އެއީ 63 މެންބަރުންގެ ވޯޓާ އެކުއެވެ. އޭނާ މަގާމުން ވަކި ކުރައްވަން މި މަހުގެ އެއްވަނަ ދުވަހު ހުށަހެޅުއްވީ މަޖިލީހުގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމެވެ. އޭނާއަށް ކޮމިޓީން ވަނީ ޖަވާބުދާރީވާން ތިން ފުރުސަތު ދިން ނަމަވެސް ކޮމިޓީއަށް ވަޑައިގެންފައެއް ނުވެ އެވެ. 

އަލަށް ގަވަރުނަރު ކަމަށް އައްޔަން ކުރާ މުނައްވަރު ފިނޭންސް މިނިސްޓަރު މިހާރު ހުންނެވީ ވަޒީރެއްގެ ފެންވަރުގައި ފިނޭންސްގެ އެޑްވައިޒަރެއްގެ މަގާމުގަ އެވެ. އޭނާ ފިނޭންސް މިނިސްޓަރުކަން ކުރެއްވީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.