ގަވަރުނަރުގެ މަގާމުން އަލީ ހާޝިމް މަގާމުން ވަކިކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ ގަވަރުނަރުކަމުން އަލީ ހާޝިމް ވަކިކުރެއްވުމަށް ރައްޔިތުން މަޖިލީހުން މަޝްވަރާ ދެއްވާފައި ވާތީ އެ މަގާމުން އަލީ ހާޝިމް މިއަދު ވަކިކުރައްވައިފި ކަމަށެވެ.

މަރުކަޒީ ބޭންކުގެ ގަވަރުނަރު އަލީ ހާޝިމް

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރުކަމުން އަލީ ހާޝިމް ވަކިކުރުމަށް ރައީސުލްޖުމްހޫރިއްޔާއަށް ލަފާ އަރުވަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަަތު ކޮމިޓީން ނިންމި ނިންމުން މަޖިލީހުގެ ތަޅުމުން ފާސްކުރުމުން އެ މަގާމުން އަލީ ހާޝިމް ދެންމެ ވަކި ކުރައްވައިފި އެވެ.

ގަވަރުނަރުކަމުން އަލީ ހާޝިމް ވަކިކުރުމަށް ރައީސުލްޖުމްހޫރިއްޔާއަށް ލަފާ އަރުވަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަަތު ކޮމިޓީން ނިންމި ނިންމުން މަޖިލީހުގެ ތަޅުމުން މިއަދު ވަނީ ފާސްކޮށްފަ އެވެ. އެ ނިންމުން ނިންމިތާ މަދު ގަޑިއިރުތަކެއްގެ ތެރޭގައި ރައީސް މުއިއްޒު ވަނީ ގަވަރުނަރުގެ މަގާމުން އަލީ ހާޝިމް ވަކި ކުރައްވާފަ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ ގަވަރުނަރުކަމުން އަލީ ހާޝިމް ވަކިކުރެއްވުމަށް ރައްޔިތުން މަޖިލީހުން މަޝްވަރާ ދެއްވާފައި ވާތީ އެ މަގާމުން އަލީ ހާޝިމް މިއަދު ވަކިކުރައްވައިފި ކަމަށެވެ.

އަދި ގަވަރުނަރު ކަމުގެ މަގާމަށް އަހްމަދު މުނައްވަރު ހަމަޖެއްސެވުމާއި މެދު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ރައްޔިތުންގެ މަޖިލީހުގެ މަޝްވަރާ އަކަށް އެދިވަޑައިގެން، އެ މަޖިލީހަށް ހުށަހަޅުއްވާފައިވާ ކަމަށެވެ.

މުނައްވަރަކީ، މީގެ ކުރީން މިނިސްޓާ އޮފް ފައިނޭންސްގެ މަގާމު ފުރުއްވަވާފައި ބޭފުޅެކެވެ. އޭނާ އެ މަގާމު ފުރުއްވީ ރައީސް ޔާމީންގެ ވެރިކަމުގަ އެވެ. މިހާރު ހުންނެވީ، އެޑްވައިޒާ ޓު ދަ މިނިސްޓާ އޮފް ފައިނޭންސްގެ މަގާމުގަ އެވެ.

ގަވަަރުނަރުގެ މަގާމުން އަލީ ހާޝިމް ވަކިކުރުމަށް ހުށަހެޅި މައްސަލައާ ގުޅިގެން މަޖިލީހުގެ ކޮމިޓީގެ މެންބަރުން ސުވާލުކުރެއްވުމަށް ގަވަރުނަރު ކޮމިޓީއަށް ހާޒިރުވެވަޑައިގަތުމަށް ތިން ފަހަރެއްގެ މަތިން އެންގެވި ނަމަވެސް އާލާސްކަންފުޅާ އުޅުއްވާތީ އެއިން އެއްވެސް ފަހަރަކު ކޮމިޓީއަށް ވަޑައިގެންފައިނުވެ އެވެ. ނަމަވެސް ލިޔުމުން ޖަވާބުދާރީވެވަޑައިގަތެވެ.

ކަންބޮޑުވުންތައް ވެސް ވަރަށް ތަފްސީލުކޮށް ހިއްސާ ކުރެއްވި އެވެ. އިސްވެ ދެއްވާ ލަފާފުޅުތަކަށް ވެސް މިދިޔަ ދެ އަހަރުން ފެށިގެން އޭރު އޮތް ސަރުކާރާއި މިހާރު އޮތް ސަރުކާރުން ވެސް ގަބޫލު ކުރައްވާފައި ނުވާ ކަމަށް ވިދާޅުވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.