ޕާޓީގެ ޗެއާ ޕާސަން ފައްޔާޒު އިސްމާއިލް އިސްވެ ހުންނަވައި އައްޑޫ ސިޓީއާއި ފުވައްމުލައް ސިޓީ އާއި ހުވަދު އަތޮޅަށް ވަނީ ގޮސްފަ އެވެ.
އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީގެ ދާއިރާތަކުންނާއި ރަށްތަކުން ހުސް ވެފައިވާ ނައިބު ރައީސް ކަމުގެ މަގާމަށް ވޯޓަކާ ނުލައި 34 މީހަކު ހޮވިއްޖެ އެވެ.
ވޯޓަކާ ނުލާ އިންތިހާބުވި 34 ނައިބު ރައީސުންގެ ނަންތައް އެމްޑީޕީން ވަނީ އާންމު ކޮށްފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ 23 ރަށެއްގެ ނައިބު ރައީސުންނާއި ހަތް ދާއިރާއެއްގެ ނައިބު ރައީސުންނާއި ހަތަރު ސިޓީއެއްގެ ނައިބު ރައީސުންނެވެ.
އެމްޑީޕީގެ އެތެރޭގެ އިންތިހާބު އޮންނާނީ އަންނަ އޮގަސްޓް މަހުގެ ދޭއްގަ އެވެ.
އެމްޑީފީގެ އެތެރެ އާއި ޕާޓީގެ ހިންގުން ހަރުދަނާ ކުރުމުގެ ގޮތުން ޕާޓީގެ އިސްލާހީ މަގުޗާޓެއް އެކުލަވައިލަން ހިޔާލު ހޯދަން ޕާޓީގެ ލީޑަޝިޕުން ވަނީ ރަށް ރަށަށް ދަތުރުކޮށް އެ މަސައްކަތް ފަށާފަ އެވެ.
އެގޮތުން ޕާޓީގެ ޗެއާ ޕާސަން ފައްޔާޒު އިސްމާއިލް އިސްވެ ހުންނަވައި އައްޑޫ ސިޓީއާއި ފުވައްމުލައް ސިޓީ އާއި ހުވަދު އަތޮޅަށް ވަނީ ގޮސްފަ އެވެ.