އިންފުލޭޝަނާއި ޑޮލަރު | ޓުރަމްޕުގެ ސިޔާސަތުތަކާމެދު އިގުތިސާދީންގެ ކަންބޮޑުވުން

ތަޖުރިބާކާރުން ދެކެވަޑައިގަންނަވާ ގޮތުގައި މި ސިޔާސަތުތަކުގެ ސަބަބުން އިންފުލޭޝަން އަނެއްކާވެސް ބޮޑުތަނުން އުފުލުމަކީ އެކަށީގެންވާ ކަމެކެވެ. އަދި ބައިނަލްއަގުވާމީ ވިޔަފާރިއަށް ލޮޅުންތަކެއް ކުރިމަތިވާނެކަމަށްވެސް އެ ބޭފުޅުން ލަފާކުރައްވަ އެވ

އެމެރިކާގެ ކުރީގެ ރައީސް ޑޮނާލްޑު ޓުރަމްޕު

އެމެރިކާގެ ރިޔާސީ އިންތިހާބުގައި އެގައުމުގެ ކުރީގެ ރައީސް އަދި ރިޕަބްލިކަން ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ޑޮނާލްޑު ޓުރަމްޕު ހުށަހަޅުއްވަމުންދާ ސިޔާސަތުތައް ތަންފީޒު ކުރައްވައިފިނަމަ އަލުން އެ ގައުމުގެ އިންފުލޭޝަން އުފުލި ދިރިއުޅުމުގެ އަގުތައް މަތިވާނެކަމަށް އިގުތިސާދީ މާހިރުން ލަފާކުރައްވައިފި އެވެ. 

ބްލޫމްބާގްއިން ރިޕޯޓުކުރި ގޮތުގައި، އިގުތިސާދީ ހާލަތު ރަނގަޅުވެ ވަޒީފާގެ ބާޒާރު އިތުރަށް ފުޅާވެ، ކޮންޒިއުމާ އިންޑެކްސް ޕްރައިސް ދަށަށް ދާން ފަށާފައިވާތީ، އެމެރިކާގެ ފެޑެރަލް ރިޒާވް ބޭންކުން މިހާރު ތައްޔާރުވަމުން އަންނަނީ ސެޕްޓެންބަރު މަހު އެ ގައުމުގެ އިންޓަރެސްޓު ރޭޓުތައް ކުޑަކުރުމަށެވެ. 

އެންމެ ފަހުގެ ހިސާބުތައް ދައްކާ ގޮތުން އިންފުލޭޝަން ރޭޓު މަރުކަޒީ ބޭންކުގެ އަމާޒުކަމަށްވާ 2 އިންސައްތައާ ކައިރި އަދަދަކަށްވަނީ ދަށްވެފަ އެވެ. އެގޮތުން މިހާރު އެމެރިކާގެ އިންފުލޭޝަން ހުރިކަމަށް ބެލެވެނީ %2.6 ގަ އެވެ. 

މި ހިސާބުތަކށް ބަލާއިރު އެމެރިކާގެ އިގުތިސާދު އަލުން ހަމައިސްކޮޅަށް ހިންދެމިލަން ތައްޔާރުވެފައިވާ ކަމުގެ މަލަމަތި އަންނަނީ ފެންނަމުންނެވެ. ނަމަވެސް ޓްރަމްޕުގެ ސިޔާސަތުތަކާއެކު މާލީ ބާޒާރު ދަށަށްދާ ދިއުމުން އެ ސިޔާސަތުތައް ތަންފީޒުކުރުމުން އިގުތިސާދަށް ނޭދެވޭ އަސަރުތަކެއް ކުރާނެކަމަށް ތަޖުރިބާކާރުން ގަބޫލުކުރައްވާކަން ފެނެ އެވެ. 

ޓްރަމްޕުގެ ބައެއް ސިޔާސަތުތައް

މިހާތަނަށް ޓްރަމްޕު އިއުލާނު ކުރައްވާފައިވާ ސިޔާސަތުތަކުގެ ތެރެއިން އިގުތިސާދީ މާހިރުންގެ އެންމެ ބޮޑު ފާޑުކިޔުމެއް އަމާޒުވެފައިވާ ދެ ސިޔާސަތަކީ ޓެކްސްތައް އިތުރަށް ކުޑަކުރަން ހުށަހަޅުއްވާފައިވާ ސިޔާސަތާއި ހިޖުރަކުރުން މަދުކުރަން ހުށަހެޅުއްވި ސިޔާސަތުގެ އިތުރަށް، އެމެރިކާއަށް އެތެރެކުރާ ބައެއް މުދަލުން ނަގާ ޑިއުޓީ ބޮޑުކުރަން ހުށަޅުއްވާފައިވާ ސިޔާސަތެވެ. 

ބައެއް ތަޖުރިބާކާރުން ދެކެވަޑައިގަންނަވާ ގޮތުގައި މި ސިޔާސަތުތަކުގެ ސަބަބުން އިންފުލޭޝަން އަނެއްކާވެސް ބޮޑުތަނުން އުފުލުމަކީ އެކަށީގެންވާ ކަމެކެވެ. އަދި ބައިނަލްއަގުވާމީ ވިޔަފާރިއަށް ލޮޅުންތަކެއް ކުރިމަތިވާނެކަމަށްވެސް އެ ބޭފުޅުން ލަފާކުރައްވަ އެވެ. 

ބްލޫމްބާގުގެ ރިޕޯޓުގައި ބުނެފައިވަނީ އަދިވެސް ކޮވިޑުގެ އާލަމީ ވަބާގެ ކުރިން އެމެރިކާގައި ތަކެތީގެ އަގުތައް ހުރި މިންވަރަށް އަގުތައް ދަށްނުވާތީ ގިނަ ބައެއްގެ ދިރިއުޅުމަށް އެކަމުގެ ނޭދެވޭ އަސަރު އަންނަނީ ކުރަމުންނެވެ. 

އިންފުލޭޝަން ދިގުލައިގެން ދިޔައީ ބައިޑަންގެ ސިޔާސަތުތަކުގެ ސަބަބުންކަމަށް ރިޕަބްލިކަން ޕާޓީން ބުނި ނަމަވެސް މާހިރުން ދެކެވަޑައިގެންނަވާ ގޮތުގައި، ޓުރަމްޕުގެ ސިޔާސަތުތައް ތަންފީޒުކޮށްފިނަމަ،  ބައިޑެންގެ ޒައާމަތުގައި އެމެރިކާގެ އިގުތިސާދަށް ހަމަޖެހުމާއި އިސްތިގުރާރު އިއާދަކުރުމުގައި މަރުކަޒީ ބޭންކުން ހޯދި ކާމިޔާބީތައް ނެތިވެ ފަހަތަށް ފިޔަވަޅުއެޅުމަކީ އެކަށީގެންވާ ކަމެކެވެ. 

މާހިރުން ދެކެވަޑައިގަންނަވާ ގޮތުގައި ޓެކްސް ކުޑަކުރެއްވުމަށް ޓްރަމްޕު އިއުލާނު ކުރައްވާފައިވާ ސިޔާސަތުތަކުން ފައިދާވާނީ ތަނަވަސް މީހުންނަށެވެ. އެ ސިޔާސަތުތަކުގެ ސަބަބުން ފަގީރުން އިތުރަށް ނިކަމެތިވުމަކީ އެކަށީގެންވާކަމެއް ކަމަށް އެ ބޭފުޅުން ވިދާޅުވެ އެވެ. 

އަދި އިމްޕޯޓުކުރާ ބައެއް ތަކެތިން ނަގާ ޑިއުޓީ ބޮޑުކުރެއްވުމަށް ޓްރަމްޕު ނިންމެވި ނިންމެވުމަކީ ދުނިޔޭގެ ދެވަނަ އިގުތިސާދުކަމަށްވާ ޗައިނާއާއެކު ވިޔަފާރީގެ އައު ހަނގުރާމައެއް ފެށި، ދުނިޔޭގެ ވިޔަފާރިއަށް ލޮޅުން އަރައި ނޭދެވޭ އަސަރުކުރާނެ ކަމެއް ކަމުގައި މާހިރުން ސިފަ ކުރައްވަ އެވެ. 

އިތުރަށް މާހިރުން ފާހަގަކުރައްވާ ގޮތުގައި އެމެރިކާގެ އިގުތިސާދަށް އަންނަ ކޮންމެ ހީނަރުކަމެއްގެ އަސަރު މުޅި ދުނިޔޭގެ އިގުތިސާދަށް ކުރާނެ އެވެ. އަދި ހާއްސަކޮށް އެމެރިކާއާއި ޗައިނާގެ މެދުގައި ވިޔަފާރީގެ ހަނގުރާމައެއް ފެށިއްޖެނަމަ އެކަމުގެ ނޭދެވޭ އަސަރު މުޅި ދުނިޔެއަށް ފެތުރޭނެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.