ބިދޭސީ މަސައްކަތްތެރިންނާމެދު އިހުމާލުވާ ފަރާތްތައް ޖޫރިމަނާކޮށް ލިސްޓު އާންމުކުރަނީ

އިއްޔެ އޮތް ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ރާއްޖޭގައި ގަވާއިދާ ހިލާފަށް ދިރިއުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް މުހިއްމު ފިޔަވަޅުތަކެއް އަޅުއްވަން ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުވަނީ ނިންމަވާފަ އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު، ފޮޓޯ: ރައީސް އޮފީސް

ރާއްޖެއަށް ބިދޭސީ މަސައްކަތްތެރިން ގެނައުމަށްފަހު އެމީހުންނާމެދު އިހުމާލުވާ ފަރާތްތަކުގެ ލިސްޓެއް އެކުލަވައިލާ އާންމުކުރަން ސަރުކާރުން ނިންމައިފި އެވެ. 

އިއްޔެ އޮތް ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ރާއްޖޭގައި ގަވާއިދާ ހިލާފަށް ދިރިއުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް މުހިއްމު ފިޔަވަޅުތަކެއް އަޅުއްވަން ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުވަނީ ނިންމަވާފަ އެވެ. 

ވަޒީރުންގެ މަޖިލީހުގެ ލަފާފުޅުގެ މަތިން އެމަނިކުފާނު ނިންމެވި އެއް ނިންމެވުމަކީ ބިދޭސީ މަަސައްކަތްތެރިން ރާއްޖެއަށް ގެނައުމަށްފަހު އެމީހުންނާމެދު އިހުމާލުވާ ވަޒީފާދޭ ފަރާތްތަކުގެ ލިސްޓެއް އެކުލަވައިލައި އާންމުކުރުމެވެ. 

ރައީސް އޮފީހުން ބުނި ގޮތުގައި މި ލިސްޓު އެކުލަވައިލުމުގެ އިތުރަށް އެ ފަރާތްތައް ޖޫރިމަނާކުރުމަށްވެސް ރައީސް ނިންމަވާފައިވެ އެވެ. އަދި އެކަން ތަކުރާރުކުރާނަމަ ޖޫރިމަނާކުރުމުގެ އިތުރަށްވެސް ފިޔަވަޅުތަކެއް އެޅުމަށް ނިންމަވާފައިވެ އެވެ. 

ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ ސަބަބުން ދިވެހި ޒުވާނުންގެ ވަޒީފާގެ ފުރުސަތުތަކަށް ހުރަސްއެޅުން ހުއްޓުވުމަށްޓަކައި ގަވާއިދާ ހިލާފަށް ބިދޭސީން ހިންގަމުންދާ ވިޔަފާރިތައް އޮޑިޓުކޮށް އެފަދަ ފަރާތްތަކާމެދު ހަރުކަށި ފިޔަވަޅު އެޅުމަށްވަނީ ނިންމާފަ އެވެ. 

އޭގެ އިތުރަށް ރާއްޖޭގައި ދިރިއުޅޭ ހުރިހާ ބިދޭސީންގެ މައުލޫމާތު އެއްކޮށް އެމީހުންގެ 10 އިނގިލީގެ ނިޝާނުތަކާއި ފޭޝަލް ރިކޮގްނިޝަންއަށް ބޭނުންވާ ބައޮމެޓްރިކް ޑާޓާ އެއްކޮށް ބިދޭސީން ދެނެގަތުމަށް ނިންމަވާފައިވެ އެވެ. މިހާރުވެސް ކުރަނގި އޮޕަރޭޝަނުގެ ނަމުގައި ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން މި މަސައްކަތްވަނީ ފަށާފަ އެވެ. 

ހަމައެހެންމެ، ގަވާއިދާ ހިލާފަށް ރާއްޖޭގައި ދިރިއުޅޭ ބިދޭސީން ގަވާއިދާއި ގާނޫނުގެ އިމުގެ ތެރެއަށް ވެއްދުމަށް ފުޅާ ދާއިރާއެއްގައި ރެގިއުލަރައިޒޭޝަން ޕްރޮގުރާމެއް ހިންގުމަށްވަނީ ނިންމެވި އެވެ. 

އަދި ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ ތެރެއިން އަނބުރާ ގައުމަށް ދާން ބޭނުންވާ މީހުންނަށް ސަރުކާރުގެ އެހީތެރިކަމާއެކު އަނބުރާ ގައުމަށް ދެވޭނެ އިންތިޒާމު ފަހިކުރުމަށް ހާއްސަ ޕްރޮގުރާމެއް ހިންގުމަށްވެސް ނިންމަވާފައިވެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.