ކުރިއަށް އޮތް ރިޔާސީ އިންތިހާބު ގައި ވާދަ ނުކުރައްވާނެ ކަން އެމެރިކާގެ ރައީސް ޖޯ ބައިޑެން ދެންމެ އިއުލާނު ކުރައްވައިފި އެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބު ގައި ވާދަ ނުކުރައްވާނެ ކަން އެމެރިކާގެ ރައީސް ޖޯ ބައިޑެން ދެންމެ އިއުލާނު ކުރައްވައިފި އެވެ.
އުމުރުފުޅުން 81 އަހަރުގެ ބައިޑެންގެ މި ނިންމެވުން ހާމަކުރެއްވެވީ އެމަނިކުފާނު ސޮއިކުރައްވާ އާންމު ކުރެއްވި ސްޓޭޓްމަންޓެއްގަ އެވެ.
ބައިޑެން ވިދާޅުވީ ރިޔާސީ ދެވަނަ ދައުރަކަަށް ކުރިމަތިލެއްވުމަަށް ނިންމަވާ ކުރެއްވެވި މަސައްކަތްޕުޅު ހުއްޓަވާލައްވާ ދެވަނަ ދައުރަކަށް ވާދަ ނުކުރައްވަން ނިންމަވާފައިވާ ކަމަަށެވެ.
އެމަނިކުފާނުގެ ރިޔާސީ މި ދައުރަކީ އެމެރިކާއަށް ކާމިޔާބު / ފާގަތި ފަސް އަހަރު ކަމަށް ވިދާޅުވެ މިވަގުތުގެ ހުރިހާ ވެސް އަމާޒަކީ ވެރިކަމުގެ ދައުރު ފުރިހަމަ ގޮތުގައި ނިންމަވާލެއްވުން ކަމަށް ވެސް ވިދާޅުވި އެވެ.
ބައިޑަންގެ މި ނިންމެވުން މި އައީ އުމުރުފުޅުގެ ދޮށިފުޅުކަމާ ސިއްހީ ހާލަތުގެ ސަބަބުން ވެރިކަމުގެ އިތުރު ދައުރެއް އަދާ ނުކުރެއްވޭނެ ކަމާއި މިހާރު ވެސް މަގާމުގެ މަސްއޫލިއްޔަތު އުފުއްލެވުމުގެ ގާބިލުކަން އެމަނިކުފާނުގެ ނެތް ކަމަށް އެމެރިކާގެ ގިނަ ރައްޔިތުން ގަބޫލު ކުރާ ދަނޑިވަޅެއްގަ އެވެ.
އަދި ރިޔާސީ ބަހުސުން ލިބިވަޑަައިގެން ދަށް ނަތީޖާއާއެކު ބައިޑެންއާއެކު ޑިމޮކްރެޓިކުންނަށް ވެރިކަން ގެއްލޭނެކަން ކަށަވަރުވެ ރިޔާސީ ރޭހުން ފަހަތަށް ޖެހިވަޑައިގެން އެހެން ބޭފުޅަކަަށް ފުރުސަތު ދެއްވުމަށް ޑިމޮކްރެޓިކް ޕާޓީގެ ލީޑާޝިޕުންނާއި އާންމު މެންބަރުން އަދި ސަޕޯޓަރުން ވަރުގަދައަށް ގޮވާލަމުން ދަނިކޮށެވެ.
އެ އަޑުތަކަށް ބައިޑެން ފުރަތަމަ ދެއްވެވީ ބީރުކަންފަތްޕުޅެކެވެ. އަދި ޗެލެންޖު ކުރައްވާ ވިދާޅުވީ އެމަނިކުފާނު މުޅީން ރަނގަޅު ކަމަށާ ހުންނެވީ ވެރިކަން ކުރެއްވޭނެ ފަދަ ގަދަފަދަ ސިއްހަތެއްގައި ކަމަށެވެ. ރިޔާސީ ބަހުސުން ބޭނުންފުޅުވީ މަންޒަރު ފެނިވަޑައިނުގަތީ އާލާސްކަންފުޅާއި ވަރުބަލިފުޅު ވެފައި ހުންނެވުމުން ކަމަަށެވެ.
އެކަން ސާބިތުކޮށް ދެއްވުމަށް ކެމްޕެއިން ހަރަކާތްތައް ވަރުގަދަކޮށް ފުޅާކުރެއްވިތަނާ ކޮވިޑުގެ އާލާސްކަންފުޅު ޖެހިވަޑައިގެން ކެމްޕެއިން މެދުކަނޑުއްވާލަން ޖެހިވަޑައިގަތީ އެވެ.
އަނެއްކޮޅުން އެމެރިކާގެ ކުރީގެ ރައީސް އަދި ރިޕަބްލިކަން ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ޑޮނާލްޑު ޓްރަމްޕު އަވަހާރަކޮށްލަން ދިން ހަމަލާއާ ގުޅިގެން އެމެރިކާ އޮތީ ނުތަނަވަސް ކަމެއްގެ ތެރޭގަ އެވެ. ރޮއިޓާސް/އިޕްސޮސްއިން ކުރިއަށްގެންދިޔަ ހިޔާލު ހޯދުމުގެ ސާވޭއަކުން ދައްކާ ގޮތުގައި އެމެރިކާ ހަލަބޮލިކަމުގެ ތެރެއަށް ވެއްޓެމުންދާކަމަށް އެ ގައުމުގެ ގިނަ ރައްޔިތުން ގަބޫލުކުރެ އެވެ.