ހައިވޭއަށް އުދަ އަރަނީ؛ ބްރިޖަށް އުދައިގެ އަސަރު، ސަމާލުވާން އެދިއްޖެ

ހުޅުމާލެ އިން މާލެއަށް އަންނަ ފަޅީގައި ހައިވޭގެ ބައެއް ސަރަހައްދުތަކަށް ވަނީ އުދަ އަރާފަ އެވެ. ބޮޑު ސަރަހައްދަކަށް ރާޅާ އެކު ވެލިގަނޑު އަރާފައިވެ އެވެ.

ސިނަމާލެ ބްރިޖާއި ގުޅިފައިވާ ހައިވޭ -- ފޮޓޯ | ހުޅުލެ-ހުޅުމާލެ ލިންކް ރޯޑް ޕޭޖް

ހައިވޭގެ ބައެއް ސަރަހައްދުތަކަށް އުދަ އަރާފައިވާތީ ސަމާލުވާން ފުލުހުން އެދިއްޖެ އެވެ.

ހުޅުމާލެ އިން މާލެއަށް އަންނަ ފަޅީގައި ހައިވޭގެ ބައެއް ސަރަހައްދުތަކަށް ވަނީ އުދަ އަރާފަ އެވެ. ބޮޑު ސަރަހައްދަކަށް ރާޅާ އެކު ވެލިގަނޑު އަރާފައިވެ އެވެ. 

ބްރިޖަށް އަރާ ސަރަހައްދަށް ވެސް ކޮންމެވެސް ވަރަކަށް އުދައިގެ އަސަރު ކޮށްފައިވެ އެވެ.

ފުލުހުން ބުނީ ކ. އަތޮޅުން ފެށިގެން އައްޑޫ ސިޓީގެ ރަށްރަށަށް އުދަ އެރުމުގެ ފުރުސަތު އޮތް ކަމަށް މެޓް އޮފީހުން ލަފާކޮށްފައިވާތި ސިނަމާލެ ބްރިޖާއި ހައިވޭގައި ދަތުރު ކުރާ މީހުން ސަމާލުވުމަށް އެދޭ ކަމަށެވެ. އަދި ރަށްރަށުގައި ވެސް ގޮނޑުދޮށާ ކައިރި ހިސާބުތަކުގައި ދިރިއުޅޭ މީހުންގެ މުދަލާއި ގެދޮރުގެ ސަލާމަތާއި ރައްކާތެރި ކަމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުއްވުމަށް އިލްތިމާސް ކުރާ ކަމަށެވެ.

މާލޭގެ ބައެއް ސަރަހައްދުތަކަށް ވެސް އުދައިގެ އަސަރު ވަނީ ކޮށްފަ އެވެ. މީގެ ދެތީން ދުވަސް ކުރީން ވެސް މާލެއަށް އުދަ އަރާފައިވެ އެވެ. މިދިޔަ އަހަރު ސިނަމާލެ ބްރިޖަށް އުދަ އަރައި، ބަޔަކު އެކްސިޑެންޓުވެ ފަރުވާދޭން ވެސް ޖެހުނެވެ. މިހާރު އެކަން ހައްލުކުރުމަށް ބްރިޖްގެ ގަދައަށް ރާޅު ޖަހާ ސަރަހައްދުގައި ގާއިމްކޮށްފައި ހުރި ފާރުވެސް ވަނީ އުސްކޮށްފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.