ޓިކްޓޮކްގައި ޒުވާބު، އެންމެ ފަހުން ގެއަށް ވަދެ ހަމަނުޖެހުން ހިންގައިފި

ޓިކްޓޮކް ލައިވްތަކުގައި އެއްބަޔަކު އަނެއް ބަޔަކާ ޒުވާބު ކުރުމާއި މީހުންގެ ދިރިއުޅުމުގެ ޒާތީ ވާހަކަތައް ހިއްސާ ކުރުމާއި މީހުންނަށް ފުރައްސާރަ ކުރުމާއި އެ ނޫން ކަންކަން ވަނީ ހައްދުފަހަނައަޅާ ގޮސްފަ އެވެ.

ދިވެހި ފުލުހުންގެ ހިދުމަތުގެ އިދާރާ

ޓިކްޓޮކް ލައިވްއެއްގައި ހިނގި ދެ ބަސްވުމެއް ހޫނުވެ ބޮޑު ޒުވާބަކަށް ވެ ގެއަކަށް ވަދެ ހަމަނުޖެހުން ހިނގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރު ކޮށްފި އެވެ.

ފުލުހުން ބުނީ ޓިކްޓޮކް ލައިވްއެއްގައި ހިނގި ދެ ބަސްވުމެއްގައި މިއަދު ހެނދުނު މާފަންނު ގެއަކަށް ވަދެ ހަމަނުޖެހުން ހިންގަން އުޅުނު ކަމުގެ ތުހުމަތު ގައި ދެ މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. އެ މީހުން ފަހުން ދޫކޮށްލާފައިވާ ކަމަށް ވެސް ބުންޏެވެ.

ހައްޔަރު ކޮށްފައި ވަނީ ޓިކްޓޮކް ގައި ވަރަށް ހަރަކާތްތެރި އަދި ޓިކްޓޮކް ކޮމިއުނިޓީގައި މަޝްހޫރު ދެ މީހެކެވެ.

ރާއްޖޭގައި ޓިކްޓޮކް ބޭނުން ކުރާ އާބާދީ ދަނީ އިތުރުވަމުންނެވެ. ޒުވާނުންގެ ވަރަށް ގިނަ ބަޔަކު ވެސް ޓިކްޓޮކް ކުޅެ އެވެ. ބައެއް މީހުން ވަރަށް ގިނަ ވަގުތު ޓިކްޓޮކް ލައިވްތަކުގައި ހޭދަ ކުރެ އެވެ. ގިނަ ބައެއްގެ ނަޒަރުގައި ދިވެހީންގެ ގިނަ ބަޔަކު މި ޕްލެޓްފޯމް ބޭނުން ކުރަނީ ވަރަށް ގޯސްކޮށެވެ.

ޓިކްޓޮކް ލައިވްތަކުގައި އެއްބަޔަކު އަނެއް ބަޔަކާ ޒުވާބު ކުރުމާއި މީހުންގެ ދިރިއުޅުމުގެ ޒާތީ ވާހަކަތައް ހިއްސާ ކުރުމާއި މީހުންނަށް ފުރައްސާރަ ކުރުމާއި އެ ނޫން ކަންކަން ވަނީ ހައްދުފަހަނައަޅާ ގޮސްފަ އެވެ. ބައެއް ދިވެހީން ޓިކްޓޮކް ގައި އަންހެން ހެދުން އަޅައިގެން ލައިވް ކުރުމާއި އަންހެން ވައްތަރު ޖެހިގެން ނެށުމާއި އެ ނޫން ވެސް ވިޔާނުދާ ގިނަ ކަންކަން ކުރެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.