ކޭއެފްސީއަށް ގެއްލުން ދިން މީހާގެ ބަންދަށް މަސް ދުވަސް

ކޭއެފްސީ އާއި އެތަނާ ކައިރީ ހުންނަ ޕިއްޒާ ހަޓާ ދެކޮޅަށް ބަޔަކު އެއްވެ، އަޑު އުފުލާ މުޒާހަރާ ކުރާތާ ދުވަސްތަކެއް ވެފައި ވެއެވެ. އެ ދެ ތަނާ ދެކޮޅު ހަދައި އަޑު އުފުލަނީ އެއީ އިޒްރޭލަށް ފަންޑުކުރާ ތަންތަން ކަމަށް ބުނެ އެވެ.

މާލޭގެ، ކޭއެފްސީ އައުޓްލެޓްގެ ބިއްލޫރިގަނޑެއް ތަޅާލި މައްސަލައިގައި ހައްޔަރު ކުރި މީހާގެ ބަންދު މުއްދަތު ކޯޓުން ޖަހައިފި އެވެ.

ހަފުތާ ބަންދު ތެރޭގައި ކޭއެފްސީގެ ބިއްލޫރިތައް ތަޅާލައި ގެއްލުން ދިން މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކުރި 48 އަހަރުގެ މީހާ ހައްޔަރަށް  ގެންދިޔައީ އިއްޔެ އެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން 30 ދުވަހަށް ބަންދު ކުރުމަށް އަމަރު ދިނެވެ.

މޭލޭގައި ކޭއެފްސީގެ އައުޓްލެޓެއް ހުންނަނީ އަމީނީ މަގުގަ އެވެ. އެ ހަމަލާ ދިން އިރު ކުރީ ހަފުތާގެ ތެރޭގައި ވެސް ކޭއެފްސީގެ ބިއްލޫރިތައް ތަޅާލި އެވެ. މީގެ އިތުރުން ކޭއެފްސީ ހިންގާ އިމާރާތަށް ދޭތެރެ ދޭތެރެއިން ކަޅުތެޔޮ ވެސް ޖަހަ އެވެ.

ކޭއެފްސީ އާއި އެތަނާ ކައިރީ ހުންނަ ޕިއްޒާ ހަޓާ ދެކޮޅަށް ބަޔަކު އެއްވެ، އަޑު އުފުލާ މުޒާހަރާ ކުރާތާ ދުވަސްތަކެއް ވެފައި ވެއެވެ. އެ ދެ ތަނާ ދެކޮޅު ހަދައި އަޑު އުފުލަނީ އެއީ އިޒްރޭލަށް ފަންޑުކުރާ ތަންތަން ކަމަށް ބުނެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.