އަރަބި ބަހުގެ އިންސްޓިޓޫޓެއް ސަައުދީ ޔުނިވަސިޓީއަކުން ރާއްޖޭގައި ގާއިމުކުރަނީ

އަރަބިކް ލެންގުއެޖް އިންސްޓިޓޫޓްގެ ނަމުގައި އަރަބި ބަސް ކިޔަވައިދޭން ހާއްސަ އިންސްޓިޓޫޓެއް ގާއިމުކުރަން ހުށަހަޅާފައިވަނީ ސައުދީ އަރަބިއްޔާގެ ޔުނިވާސިޓީއެއް ކަމުގައިވާ އިމާމް މުހައްމަދު ބިން ސައުދު ޔުނިވަސިޓީންނެވެ.

އަރަބި ބަހުގެ އިލްމު އުނގަންނައިދިނުމަށް ހާއްސަ އިންސްޓިޓޫޓެއް ރާއްޖޭގައި ގާއިމުކުރަން ސައުދީ އަރަބިއްޔާގެ ޔުނިވާސިޓީއަކުން ހުށަހަޅައިފި އެވެ. 

އަރަބިކް ލެންގުއެޖް އިންސްޓިޓޫޓްގެ ނަމުގައި އަރަބި ބަސް ކިޔަވައިދޭން ހާއްސަ އިންސްޓިޓޫޓެއް ގާއިމުކުރަން ހުށަހަޅާފައިވަނީ ސައުދީ އަރަބިއްޔާގެ ޔުނިވާސިޓީއެއް ކަމުގައިވާ އިމާމް މުހައްމަދު ބިން ސައުދު ޔުނިވަސިޓީންނެވެ. 

އެ ޔުނިވަސިޓީންވަނީ ހަޔާ އެޑިއުކޭޝަން މިނިސްޓްރީއާ ބައްދަލުކޮށް އެ އިންސްޓިޓޫޓް ރަޖިސްޓަރީކުރުމަށާއި، އެ އިންސްޓިޓޫޓުން ހިންގުމަށް ގަސްތުކުރާ ކޯސްތައް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ)އިން އެކްރެޑިޓު ކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ މައުލޫމާތު އެ މިނިސްޓްރީއާަ ހިއްސާކޮށްފަ އެވެ. 

މި ބައްދަލުވުމުގައި، މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަންގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ، މިނިސްޓްރީގެ ދެ ސްޓޭޓް މިނިސްޓަރުން ކަމަށްވާ، އަޙްމަދު ޝަފީއު އަދި ޑރ. އަބްދުﷲ ނަޒީރެވެ.

ރާއްޖޭގައި މިހާތަނަށް ބޭރުގެ ޔުނިވަސިޓީއަކުން އަރަބި ބަހުގެ އިލްމު ކިޔަވައިދޭން އިންސްޓިޓޫޓެއް ގާއިމުކޮށް ހިންގަމުން ނުދެ އެވެ. ގައުމީ ޔުނިވަސިޓީއާއި އިސްލާމިކް ޔުނިވަސިޓީގައި އަރަބި ބަސް ކިޔަވައިދެ އެވެ. 

އަދި އިސްލާމިކް ޔުނިވަސިޓީގައި އަރަބި ބަސް ޑިގުރީ ފެންވަރަށް ކިޔަވައިދެމުންދާއިރު އެ ޔުނިވަސިޓީގައި ސައުދީ އަރަބިއްޔާއާއި މިސްރުގެ ޓީޗަރުން ބަސް ކިޔަވައިދެއްވުމުގެ މަސައްކަތް ކުރައްވަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.