އަރަބި ބަސް ކިޔަވައިދޭން އަރަބިކް ލޭންގްއޭޖް އިންސްޓިޓިއުޓެއް ގާއިމު ކުރަނީ

މި މަރުކަޒު ދިވެހިރާއްޖޭގައި ހުޅުވުމަކީ ދިވެހިރާއްޖޭގެ ދަރިވަރުންނަށް އަރަބި ބަސް ދަސްވެ، އެބަހުގައި ކުރިއަރައިގެން ދިޔުމަށް ލިބިގެންދާ ރަނުގެ ފުރުސަތެކެވެ.

އަރަބި ބަސް ކިޔަވައިދޭން ރާއްޖޭގައި "އަރަބިކް ލޭންގްއޭޖް އިންސްޓިޓިއުޓް" ގެ ނަމުގައި އިންސްޓިޓިއުޓް އެއް ގާއިމް ކުރަން މަޝްވަރާ ކޮށްފި އެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނީ ރާއްޖޭގައި އަރަބި ބަސް ކިޔަވައިދޭނެ އިސްޓިޓީއުޓް އެއް ގާއިމް ކުރުމުގެ ޝައުވެރިކަން ފާޅުކޮށްފައި ވަނީ ސައުދީ އަލް އިމާމް މުހައްމަދު އިބްނު ސައުދު އިސްލާމިކް ޔުނިވާސިޓީން ކަމަށާއި ރާއްޖޭގައި އެފަދަ އިންސްޓިއުޓެއް ހުޅުވަން ޝައުގުވެރިވެ މިދިއަ ބުރާސްފަތި ދުވަހު މަޝްވަރާކޮށްފައިވާ ކަމަށެވެ.

އަރަބިކް ލެންގުއެޖް އިންސްޓިޓިއުޓްގެ ނަމުގައި އަރަބި ބަސް ކިޔަވައިދިނުމައްޓަކައި އަލް އިމާމް މުހައްމަދު އިބްނު ސަޢުދު އިސްލާމިކް ޔުނިވާސިޓީން ދިވެހި ރާއްޖޭގައި ހުޅުވަން ހަމަޖެހިފައިވާ އިންސްޓިއުޓް ރަޖިސްޓްރީ ކުރުމުން ރާއްޖެއާއި ސައުދީ އަރަބިއްޔާއާއި ދެމެދު އޮންނަ ގުޅުން ބަދަހިވެގެންދާނެ އެވެ.

މި މަރުކަޒު ދިވެހިރާއްޖޭގައި ހުޅުވުމަކީ ދިވެހިރާއްޖޭގެ ދަރިވަރުންނަށް އަރަބި ބަސް ދަސްވެ، އެބަހުގައި ކުރިއަރައިގެން ދިޔުމަށް ލިބިގެންދާ ރަނުގެ ފުރުސަތެކެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.