މި އަހަރުގެ މިހާތަނަށް ޑޮލަރުގެ އާމްދަނީގެ ގޮތުގައި ލިބުނީ 560 މިލިއަން ޑޮލަރެވެ. މިދިޔަ އަހަރު މި އަދަދު ހުރީ 488 މިލިއަން ޑޮލަރުގެ އެވެ.
މިހާތަނަށް މި އަހަރުގެ ޖޫންގެ ނިޔަލަށް ޑޮލަރުން ދައުލަތަށް ލިބުނު އާމްދަނީ 15 ޕަސެންޓް މަތިވެފައިވާއިރު، އެންމެ ގިނައިން ޑޮލަރު ލިބުނީ ޓޫރިޒަމް ޖީއެސްޓީ (ޓީޖީއެސްޓީ) ގެ ގޮތުގައި ކަމަށް ދައްކައިފި އެވެ.
މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ މިހާތަނަށް ޑޮލަރުގެ އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 560 މިލިއަން ޑޮލަރެވެ. ނަމަވެސް މިދިޔަ އަހަރު މި އަދަދު ހުރީ 488 މިލިއަން ޑޮލަރުގެ އެވެ. މިއީ ގާތްގަނޑަކަށް 14 ޕަސެންޓުގެ އިތުރު ވުމެކެވެ.
މި އަހަރުގެ މިހާތަނަށް ޓެކުހުގެ ގޮތުގައި ޑޮލަރުން ދައުލަތަށް އާމްދަނީއަށް 460 މިލިއަން ޑޮލަރު ލިބިފައިވެ އެވެ. ނަމަވެސް މިދިޔަ އަހަރު މި އަދަދު ހުރީ 400 މިލިއަން ޑޮލަރުގަ އެވެ. އަދި ޓެކްސް ނޫން ގޮތްގޮތުން 107 މިލިއަން ޑޮލަރު ލިބިފައިވެ އެވެ. މިދިޔަ އަހަރު މި އަދަދު ހުރީ 87 މިލިއަން ޑޮލަރުގަ އެވެ.
މި އަހަރުގެ މިހާތަނަށް ޓީޖީއެސްޓީގެ ހިއްސާއަކީ ޓޫރިޒަމް އާމްދަނީގެ 36 ޕަސެންޓެވެ. މިހާތަނަށް މި އަހަރު ޓީޖީއެސްޓީގެ ގޮތުގައި ލިބިފައިވަނީ 353 މިލިއަން ޑޮލަރެވެ. ނަމަވެސް މިދިޔަ އަހަރު ލިބިފައިވަނީ 313 މިލިއަން ޑޮލަރެވެ. އެހެންވެ މިއީ މިދިޔަ އަހަރާ އަޅާ ބަލާއިރު 11 ޕަސެންޓުގެ އިތުރުވުމެކެވެ.
މި އަހަރުގެ މިހާތަނަށް ބަލާއިރު ޓޫރިޒަމް ދަނީ ބޮޑުތަނުން ރަނގަޅުވަމުންނެވެ. ޓޫރިސްޓުންގެ ނަމްބަރު ވަނީ އެއް މިލިއަން ފަހަނަ އަޅާ ގޮސްފަ އެވެ. މި އަހަރު ރާއްޖެއަށް ދެ މިލިއަން ޓޫރިސްޓުން ގެނައުމަކީ ސަރުކާރުގެ އަމާޒެކެވެ. މިދިޔަ އަހަރު ރާއްޖެ އަށް 1.8 މިލިއަން ޓޫރިސްޓުން ވަނީ ޒިޔާރަތް ކޮށްފަ އެވެ. އަދި އޭގެ ކުރީ އަހަރު 1.6 މިލިއަން މީހުން ޒިޔާރަތް ކުރި އެވެ.