މި ފެންނަނީ ރައީސަށް އޮތް ތާއީދު ފަތުއަޑު ކިޔާފައި އިތުރުވަމުންދާ ކަމުގެ ސާފު ހެކި: އަބްދުއްރަހީމް

އަބްދުއްރަހީމް ވިދާޅުވީ ރައީސް މުއިއްޒުގެ ތާއީދު ފަތުއަޑު ކިޔާފައި ރައްޔިތުންގެ ތެރޭގައި އިތުރުވަމުންދާ ކަމުގެ ސާފު ހެކި ވޯޓުން މިއަދު ވެސް ދައްކައިދީފި ކަމަށެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲއާ ބައްދަލުކުރައްވަނީ --

މިއަދު އޮތް ބައި އިލެކްޝަންތަކުން ސަރުކާރުގެ ކެންޑިޑޭޓުން ހޯދި ކާމިޔާބީން ފެންނަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް އޮތް ތާއީދު ފަތުއަޑު ކިޔާފައި އިތުރުވަމުންދާ ކަމުގެ ސާފު ހެކި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް / ކޮންގްރެސް ޕާޓީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

މިއަދު އޮތީ ހެންވޭރު ހުޅަނގު ދާއިރާ އާއި މައްޗަންގޮޅި މެދު ދާއިރާ އާއި ހުޅުމާލެ ދާއިރާއަށް ކައުންސިލަރުން އިންތިހާބު ކުުރުމާއި ކުޅުދުއްފުށީ އުތުރު ދާއިރާއަށް ކައުންސިލަރަކު އިންތިހާބު ކުރުމެވެ. ދެން އޮތީ ފ. ބިލެތްދޫ ކައުންސިލް ރައީސް އިންތިހާބު ކުރުމާއި ރ. ރަސްމާދޫ ކައުންސިލަށް އަންހެން މެންބަރަކު އިންތިހާބު ކުރުމެވެ.

މިއަދު އޮތް އިންތިހާބު ގައި ފަސް ގޮނޑި ކާމިޔާބު ކުރީ ކޮންގްރެސްގެ ކެންޑިޑޭޓުންނެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއް ގައި މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ރައީސް މުއިއްޒާއި ކެންޑިޑޭޓުންނަށް މަރުހަބާ ވިދާޅުވެ ރައްޔިތުންނަށް ޝުކުރު ދަންނަވާފަ އެވެ. އަދި ވިދާޅުވީ ރައީސް މުއިއްޒުގެ ތާއީދު ފަތުއަޑު ކިޔާފައި ރައްޔިތުންގެ ތެރޭގައި އިތުރުވަމުންދާ ކަމުގެ ސާފު ހެކި ވޯޓުން މިއަދު ވެސް ދައްކައިދީފި ކަމަށެވެ.

މިއަދުގެ އިންތިހާބުން ކޮންގްރެސްގެ ކެންޑިޑޭޓުން ހޯދި ކާމިޔާބީއަށް ރައީސް މުއިއްޒު ވެސް ވަނީ މަރުހަބާ ދަންނަވާފަ އެވެ.

ރައީސް މުއިއްޒު، އެކްސް ގައި ކުރެއްވި ޕޯސްޓެއް ގައި ވިދާޅުވީ މިއަދު ބޭއްވި ހަ ބައި އިލެކްޝަނުން ފަސް ގޮނޑި ކާމިޔާބު ކުރެއްވި ޕީއެންސީ ކެންޑިޑޭޓުންނާއި ކެމްޕެން ގައި މަސައްކަތް ކޮށްދެއްވި ހުރިހާ ފަރާތްތަކާއި ވޯޓް ދެއްވި ހުރިހާ ރައްޔިތުންނަށް ވަރަށް ހޫނު މަރުހަބާއެއް ދަންނަވާ ޝުކުރު އަދާ ކުރައްވާ ކަމަށެވެ.

މީގެ އިތުރުން ޅ އަތޮޅު ކައުންސިލް ރައީސް އިންތިހާބު ކުރުމާއި ރ. ހުޅުދުއްފާރު ކައުންސިލް މެންބަރު އިންތިހާބު ކުރުމާއި ޅ. ހިންނަވަރު އަންހެނުންގެ ތަަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީއަށް މެންބަރަކު އިންތިހާބު ކުރުމަށް ވެސް މިއަދު ބައި އިލެކްޝަން ބާއްވަން ނިންމި އެވެ.

ނަމަވެސް އެ ގޮނޑިތަކަށް ކުރިމަތިލީ އެންމެ ކެންޑިޑޭޓެއް ކަމުން ވޯޓެއް ނެތި އެ ކެންޑިޑޭޓުން އިންތިހާބު ވީ އެވެ. އެ ތިން ގޮނޑި ވެސް ލިބުނީ ސަރުކާރު ހިންގާ ކޮންގްރެސް އަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.