މިއަދު އޮތް އިންތިހާބު ގައި ފަސް ގޮނޑި ކާމިޔާބު ކުރީ ކޮންގްރެސްގެ ކެންޑިޑޭޓުންނެވެ. މި ކެންޑިޑޭޓުންނާއި ވާދަކުރީ އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓުންނެވެ.
ކައުންސިލުތަކުން ހުސްވެފައިވާ ގޮނޑިތަކަށް މެންބަރުން އިންތިހާބު ކުރުމަށް މިއަދު އޮތް ބައި އިލެކްޝަން ގައި ސަރުކާރު ހިންގާ ޕީޕަލްސް ނެޝަަނަލް ކޮންގްރެސް -- ކޮންގްރެސް ޕާޓީގެ ކެންޑިޑޭޓުން ހޯދި ކާމިޔާބަށް އެ ޕާޓީގެ ރައީސް / ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މަރުހަބާ ދަންވައިފި އެވެ.
މިއަދު އޮތީ ހެންވޭރު ހުޅަނގު ދާއިރާ އާއި މައްޗަންގޮޅި މެދު ދާއިރާ އާއި ހުޅުމާލެ ދާއިރާއަށް ކައުންސިލަރުން އިންތިހާބު ކުުރުމާއި ކުޅުދުއްފުށީ އުތުރު ދާއިރާއަށް ކައުންސިލަރަކު އިންތިހާބު ކުރުމެވެ. ދެން އޮތީ ފ. ބިލެތްދޫ ކައުންސިލް ރައީސް އިންތިހާބު ކުރުމާއި ރ. ރަސްމާދޫ ކައުންސިލަށް އަންހެން މެންބަރަކު އިންތިހާބު ކުރުމެވެ.
މިއަދު އޮތް އިންތިހާބު ގައި ފަސް ގޮނޑި ކާމިޔާބު ކުރީ ކޮންގްރެސްގެ ކެންޑިޑޭޓުންނެވެ. މި ކެންޑިޑޭޓުންނާއި ވާދަކުރީ އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓުންނެވެ. އިންތިހާބު ކާމިޔާބު ކުރި ކެންޑިޑޭޓުންނަކީ؛
ރައީސް މުއިއްޒު، އެކްސް ގައި ކުރެއްވި ޕޯސްޓެއް ގައި ވިދާޅުވީ މިއަދު ބޭއްވި ހަ ބައި އިލެކްޝަނުން ފަސް ގޮނޑި ކާމިޔާބު ކުރެއްވި ޕީއެންސީ ކެންޑިޑޭޓުންނާއި ކެމްޕެން ގައި މަސައްކަތް ކޮށްދެއްވި ހުރިހާ ފަރާތްތަކާއި ވޯޓް ދެއްވި ހުރިހާ ރައްޔިތުންނަށް ވަރަށް ހޫނު މަރުހަބާއެއް ދަންނަވާ ޝުކުރު އަދާ ކުރައްވާ ކަމަށެވެ.
މީގެ އިތުރުން ޅ އަތޮޅު ކައުންސިލް ރައީސް އިންތިހާބު ކުރުމާއި ރ. ހުޅުދުއްފާރު ކައުންސިލް މެންބަރު އިންތިހާބު ކުރުމާއި ޅ. ހިންނަވަރު އަންހެނުންގެ ތަަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީއަށް މެންބަރަކު އިންތިހާބު ކުރުމަށް ވެސް މިއަދު ބައި އިލެކްޝަން ބާއްވަން ނިންމި އެވެ.
ނަމަވެސް އެ ގޮނޑިތަކަށް ކުރިމަތިލީ އެންމެ ކެންޑިޑޭޓެއް ކަމުން ވޯޓެއް ނެތި އެ ކެންޑިޑޭޓުން އިންތިހާބު ވީ އެވެ. އެ ތިން ގޮނޑި ވެސް ލިބުނީ ސަރުކާރު ހިންގާ ކޮންގްރެސް އަށެވެ. އެއީ؛
މި ފަހުން އޮތް ގިނަ ބައި އިލެކްޝަންތައް ކާމިޔާބު ކޮށްފައި ވަނީ ކޮންގްރެސްގެ ކެންޑިޑޭޓުންނެވެ.
ރިޔާސީ އިންތިހާބުގެ ކާމިޔާބަށް ފަހު ނިމިގެންދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ގައި ވެސް ސުޕަ މެޖޯރިޓީ ހޯދީ ކޮންގްރެސް އިންނެވެ.