ނުވަ ގޮނޑިން އަށް ގޮނޑި ކޮންގްރެސްއަށް، އެމްޑީޕީއަށް ސުމެއް

މިއަދު ޖުމްލަ ނުވަ ބައި އިލެކްޝަނެއް ބާއްވަން ނިންމާފައި އޮތެވެ. ނަމަވެސް އޮތީ ހަ ދާއިރާއެއްގެ ބައި އިލެކްޝަން އެވެ. އަނެއް ތިން ދާއިރާގެ ބައި އިލެކްޝަން ބާއްވަން ނުޖެހުނީ އިންތިހާބު ކުރަން ޖެހޭ އަދަދަށް ކުރިމަތި ލުމުންނެވެ.

ބައި އިލެކްޝަންގައި ކާމިޔާބު ހޯދި ބައެއް ކެންޑިޑޭޓުން

ކައުންސިލުތަކުން ހުސްވެފައިވާ ގޮނޑިތަކަށް މެންބަރުން އިންތިހާބު ކުރުމަށް މިއަދު އޮތް ބައި އިލެކްޝަން ގައި ސަރުކާރު ހިންގާ ޕީޕަލްސް ނެޝަަނަލް ކޮންގްރެސް -- ކޮންގްރެސް ޕާޓީން ބޮޑު ކާމިޔާބީއެއް ހޯދައިފި އެވެ.

މިއަދު ޖުމްލަ ނުވަ ބައި އިލެކްޝަނެއް ބާއްވަން ނިންމާފައި އޮތެވެ. ނަމަވެސް އޮތީ ހަ ދާއިރާއެއްގެ ބައި އިލެކްޝަން އެވެ. އަނެއް ތިން ދާއިރާގެ ބައި އިލެކްޝަން ބާއްވަން ނުޖެހުނީ އިންތިހާބު ކުރަން ޖެހޭ އަދަދަށް ކުރިމަތި ލުމުންނެވެ.

މިއަދު އޮތީ  ހެންވޭރު ހުޅަނގު ދާއިރާ އާއި މައްޗަންގޮޅި މެދު ދާއިރާ އާއި ހުޅުމާލެ ދާއިރާއަށް ކައުންސިލަރުން އިންތިހާބު ކުުރުމާއި ކުޅުދުއްފުށީ އުތުރު ދާއިރާއަށް ކައުންސިލަރަކު އިންތިހާބު ކުރުމެވެ. ދެން އޮތީ ފ. ބިލެތްދޫ ކައުންސިލް ރައީސް އިންތިހާބު ކުރުމާއި ރ. ރަސްމާދޫ ކައުންސިލަށް އަންހެން މެންބަރަކު އިންތިހާބު ކުރުމެވެ.

މިއަދު އޮތް އިންތިހާބު ގައި ފަސް ގޮނޑި ކާމިޔާބު ކުރީ ކޮންގްރެސްގެ ކެންޑިޑޭޓުންނެވެ. މި ކެންޑިޑޭޓުންނާއި ވާދަކުރީ އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓުންނެވެ. އިންތިހާބު ކާމިޔާބު ކުރި ކެންޑިޑޭޓުންނަކީ؛

  •  ފާތިމަތު ޝައުފާ ސަލީމް - ހެންވޭރު ހުޅަނގު ދާއިރާ
  •  ފާތިމަތު އިޝާން އަލީ - މައްޗަންގޮޅި މެދު ދާއިރާ
  •  އަލީ އައިމަން - ހުޅުމާލެ ދާއިރާ
  •  އިބްރާހިމް އަހްމަދު - ކުޅުދުއްފުށި އުތުރު ދާއިރާ
  •  އަރީޝް އިސްމާއީލް - ބިލެއްދޫ ރައީސް

މީގެ އިތުރުން ޅ އަތޮޅު ކައުންސިލް ރައީސް އިންތިހާބު ކުރުމާއި ރ. ހުޅުދުއްފާރު ކައުންސިލް މެންބަރު އިންތިހާބު ކުރުމާއި ޅ. ހިންނަވަރު އަންހެނުންގެ ތަަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީއަށް މެންބަރަކު އިންތިހާބު ކުރުމަށް ވެސް މިއަދު ބައި އިލެކްޝަން ބާއްވަން ނިންމި އެވެ.

ނަމަވެސް އެ ގޮނޑިތަކަށް ކުރިމަތިލީ އެންމެ ކެންޑިޑޭޓެއް ކަމުން ވޯޓެއް ނެތި އެ ކެންޑިޑޭޓުން އިންތިހާބު ވީ އެވެ. އެ ތިން ގޮނޑި ވެސް ލިބުނީ ސަރުކާރު ހިންގާ ކޮންގްރެސް އަށެވެ. އެއީ؛

  •  ޅ އަތޮޅު ކައުންސިލްގެ ރައީސް - މުހައްމަދު ސަނީ
  •  ރ. ހުޅުދުއްފާރު ކައުންސިލް މެންބަރު - އަބްދުﷲ ސާމިހު
  •  ޅ. ހިންނަވަރު ޑަބްލިއުޑީސީގެ މެންބަރު - ފާތިމަތު މޫސާ

މި ފަހުން އޮތް ގިނަ ބައި އިލެކްޝަންތައް ކާމިޔާބު ކޮށްފައި ވަނީ ކޮންގްރެސްގެ ކެންޑިޑޭޓުންނެވެ.

ރިޔާސީ އިންތިހާބުގެ ކާމިޔާބަށް ފަހު ނިމިގެންދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ގައި ވެސް ސުޕަ މެޖޯރިޓީ ހޯދީ ކޮންގްރެސް އިންނެވެ. އިދިކޮޅު އެމްޑީޕީއަށް އެ އިންތިހާބުން ލިބުނީ ބޮޑު ނާކާމިޔާބީ އެކެވެ. މިއީ އެ ޕާޓީގެ ތާރީހު ގައި ވެސް އެންމެ ނާކާމިޔާބު މަޖިލީސް އިންތިހާބެވެ.

މި ފަހަރު އެ ޕާޓީއަށް ލިބުނީ މަޖިލީހުގެ 93 ގޮނޑީގެ ތެރެއިން 12 ގޮނޑި އެވެ.

ކޮމެންޓް

1
450
ސުވާލެކެވެ.
1 month ago

ހަމީދޫ... އެންޑީޕީއަށް ސުމެއް ލިބުނު ގޮތެއް ލިޔުން ކިޔައިގެނެއް ސާފެއް ނުވި... ރ. ރަސްމާދޫ ކައުންސިލުގެ ފީމޭލް ގޮނޑި އެ ޕާޓީއަކަށް ނޫންތަ ލިބުނީކީ އޭއިން؟

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.