މާލޭން ވޯޓްލާން ނިކުތީ %26 މީހުން، 9584 މީހުން ވޯޓް ނުލާ

އިލެކްޝަންސް ކޮމިޝަނުން ބުނީ މި އިންތިހާބު ގައި 13،112 މީހަކަށް ވޯޓް ދިނުމުގެ ހައްގު ލިބިފައި އޮތް ކަމަށެވެ. ނަމަވެސް ހަވީރު ހަތަރެއް ޖެހުމާ ހަމައަށް ވޯޓްލީ 3،528 މީހުންނެވެ.

އިންތިހާބުގައި މީހަކު ވޯޓް ލަނީ: މިއީ ބައި އިލެކްޝަންގެ މުހިންމު ދުވަހެއް -- މި

މާލެ ސިޓީ ކައުންސިލުން ހުސްވެފައިވާ ގޮނޑިތަކަށް ކައުންސިލަރުން އިންތިހާބު ކުރުމަށް މިއަދު އޮތް ބައި އިލެކްޝަން ގައި ވޯޓް ލީ މީހުންގެ ނިސްބަތް ވަރަށް ދަށް ކަމަށް ހިސާބުތަކުން ދައްކައިފި އެވެ.

މިއަދު ހެނދުނު އަށަކުން ހަވީރު ހަތަރަކަށް އޮތް އިންތިހާބު ގައި ވޯޓް ނެގީ ހެންވޭރު ހުޅަނގު ދާއިރާ އާއި މައްޗަންގޮޅި މެދު ދާއިރާ އާއި ހުޅުމާލެ ދާއިރާއަށް ކައުންސިލަރުން އިންތިހާބު ކުުރުމަށެވެ.

ވާދަވެރި ބައި އިލެކްޝަން ގައި ވާދަކުރީ އެމްޑީޕީއާ ކޮންގްރެސްގެ ކެންޑިޑޭޓުންނެވެ. ކޮންގްރެސްގެ ތިން ކެންޑިޑޭޓުން ވަނީ އިންތިހާބު ކާމިޔާބު ކޮށްފަ އެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ މި އިންތިހާބު ގައި 13،112 މީހަކަށް ވޯޓް ދިނުމުގެ ހައްގު ލިބިފައި އޮތް ކަމަށެވެ. ނަމަވެސް ހަވީރު ހަތަރެއް ޖެހުމާ ހަމައަށް ވޯޓްލީ 3،528 މީހުންނެވެ. އެއީ ހައްގު ލިބިފައިވާ މީހުންގެ 26.91 ޕަސެންޓެވެ.

އެއީ 1،647 އަންހެނުންނާއި 1،881 ފިރިހެނުންނެވެ. އިންތިހާބު ގައި ވޯޓްލާ މީހުންގެ އަދަދަކީ 9،584 އެވެ. އެއީ ޕަސެންޓޭޖުން ބަލާނަމަ 73.09 ޕަސެންޓެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.