ޑޮލަރުގެ ވިޔަފާރީގައި މަކަރާއި ހީލަތް ހެދި މީހަކު ހައްޔަރުކޮށްފި

ފާއިތުވި ބުދަދުވަހު ފުލުހުން މީޑިއާއަށް ފޮނުވި މެސެޖެއްގަައި ބުނެފައިވަނީ އެ މައްސަލާގައި ހައްޔަރުކުރީ އުމުރުން 46 އަހަރުގެ މީހެއް ކަމުގަ އެވެ.

ޑޮލަރު ބޮނޑިއެއް ގުނަނީ

ޑޮލަރުގެ ވިޔަފާރި ކުރުމުގެ ނަމުގައި މަކަރާއި ހީލަތް ހެދިކަމުގެ ތުހުމަތުގއި ފިރިހެނަކު ހައްޔަރުކޮށްފި އެވެ. 

މި މުއާމަލާތާ ގުޅޭ އެއްވެސް ތަފުސީލެއް ފުލުހުން ހާމަކޮށްފައިނުވެ އެވެ. އަދި އެ މައްސަލާގައި ކޯޓުން ނެރުނު އަމުރުގައިވެސް އެ މުއާމަލާތާ ގުޅޭ ތަފުސީލުތަކެއް ނުހިމެނެ އެވެ. 

މި މައްސަލާގައި ހައްޔަރުކުރި މީހާ ބަންދުކުރުމަށް ކުރިމިނަލް ކޯޓުން ނެރުނު އަމުރުގައި ބުނެފައިވާ ގޮތުން މި މައްސަލާގައި ޝިކާރައަށްވީ އަންހެނެކެވެ.

ފާއިތުވި ބުދަދުވަހު ފުލުހުން މީޑިއާއަށް ފޮނުވި މެސެޖެއްގަައި ބުނެފައިވަނީ އެ މައްސަލާގައި ހައްޔަރުކުރީ އުމުރުން 46 އަހަރުގެ މީހެއް ކަމުގަ އެވެ. 

އަދި އޭނާގެ ބަންދާަމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 10 ދުވަހުގެ މުއްދަތަކަށް ތަހުގީގުގެ ބޭނުމަށް އޭނާ ބަންދުގައި ބަހައްޓަން ކުރިމިނަލް ކޯޓުން އަމުރެއް ނެރުނު ކަމުގައި ފުލުހުން ބުންޏެވެ.

އޭނާގެ ބަންދާމެދު ކޯޓުން ނެރުނު އަމުރުން އެނގޭ ގޮތުގައި އޭނާއަށް ކުރެވޭ ހުރިހާ ތުހުމަތުތަކަަށް ކޯޓުގައި އޭނާ އިންކާރުކޮށްފައިވެ އެވެ. 

އޭނާ ބުނެފައިވަނީ އެ މައްސަލާގައި ޝިކާރައަކަށްވީ އަންހެން މީހާއާ ވާހަކަދެއްކީ އަދި މުއާމަލާތްކުރީ އޭނާއާއެކު އަންހެންމީހާއާ ވާހަކަދައްކަން ދިޔަ އިތުރު މީހެއް ކަމަށެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.