ހުޅުމާލެއިން އަތުލައިގަތް ބަނގުރާތަކެއްގެ މައްސަލާގައި ބިދޭސީއެއް ހޯދަނީ

ފުލުހުން ބުނި ގޮތުގައި މި މައްސަލާގައި އެ ހިދުމަތުން ހޯދަމުންދާ މީހަކީ ބަންގުލަދޭޝަށް ނިސްބަތްވާ އުމުރުން 23 އަހަރު ޓަފްޖޮލް މިޔާ އެވެ.

ބަނގުރާގެ މައްސަލާގައި ހޯދަމުންދާ ޓަޕްޖޮލް މިޔާ، ފޮޓޯ: ފުލުހުން

ހުޅުމާލެއިން ފުލުހުން އަތުލައިގަތް ބަނގުރާ ކޭސްތަކެއްގެ މައްސަލާގައި ބިދޭސީ މީހަކު ހޯދުމަށް އެ އިދާރާއިން އިއުލާނުކޮށްފި އެވެ. 

ފުލުހުން ބުނި ގޮތުގައި މި މައްސަލާގައި އެ ހިދުމަތުން ހޯދަމުންދާ މީހަކީ ބަންގުލަދޭޝަށް ނިސްބަތްވާ އުމުރުން 23 އަހަރު  ޓަފްޖޮލް މިޔާ އެވެ. 

އެ ހިދުމަތުން ބުނެފައިވަނީ މިޔާ ހޯދަމުންދަނީ މި މަހުގެ 18 ވަނަ ދުވަހުގެ ވަގުތެއްގައި ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ވިނަރެސް ފުލެޓުތައް ކައިރީ އޮންނަ ހުސްބިމެއްގައި ބާއްވާފައި އޮތް ކާރެއްގެ ތެރެއިން ބަނގުރާކަމަށް ބެލެވޭ އެއްޗެއް ހުރި ހަ ކޭސް ފެނުނު މައްސަލައާ ގުޅިގެންނެވެ. 

ދޭއް ޕޮލިސް ސްޓޭޝަންގެ ނަންބަރު 9393351 އަށް ނުވަތަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ވެސް ފުލުހުން ވަނީ އެދިފައެވެ.

މި މައްސަލައިގެ އިތުރުން ހުޅުމާލެ ފޭސް އެކަކުން ވެސް މި މަހުގެ 17 ވަނަ ދުވަހު ބަނގުރަލުގެ މައްސަލައިގައި މީހަކު ހައްޔަރު ކޮށްފައިވެއެވެ.

ކުށްކުރާ ބިދޭސީންގެ މައްސަލަ ބޮޑުވެފައިވާއިރު މިހާރު ފުލުހުންނާއި އިމިގުރޭޝަން ގުޅުގެން ހިންގާ އޮޕަރޭޝަނުގެ ތެރެއިން އެކި ކުށްތަކުގައި ޝާމިލުވާ 200 އަށްވުރެ ގިނަ ބިދޭސީން ޑީޕޯޓުކޮށްފައިވެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.