ފެނަކައިގެ ހިންގުމުގެ ހަރަަދު ބޮޑު، އަހަރު ނިންމަައިލީ ގެއްލުމުގައި

އިދާރީ ހަރަދުގެ ގޮތުގައި ހޭދަކުރި 289 މިލިއަން ޑޮލަރުގެ %65 އަކީ މުވައްޒަފުންގެ މުސާރައާއި ޕެންޝަނަށް ކުރި ހަރަދެވެ. އެއީ 188 މިލިއަން ރުފިޔާ އެވެ.

ފެނަކަ މިހާރުގެ އެމްޑީ މުއާޒު އަދި ކުރީގެ އެމްޑީ ސައީދު

ފެނަކަ ކުންފުނީގެ ހިންގުމުގެ ހަރަދުތައް ބޮޑުވެ ކުންފުންޏަށް ނިމުނު އަހަރު އެތައް މިލިއަން ރުފިޔާއެއްގެ ގެއްލުން ވެއްޖެ އެވެ. 

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން އާންމުކުރި ހިސާބުތަކަށް ބަލާއިރު ކުންފުނީގެ ހިންގުމުގެ ހަރަދުތަކަށް ފާއިތުވި އަހަރުގެ ފަހު ކުއާޓާގައި ކުންފުންޏަށް ލިބުނު އާމްދަނީގެ 52 އިންސައްތަ ހަރަދުވި އެވެ. 

ކުންފުނީގެ ހިންގުމުގެ ހަރަދުތަކުގެ ތެރެއިން އެންމެ ބޮޑަށް އިތުރުވީ މުވައްޒަފުންގެ މުސާރައާއި ޕެންޝަނާއި އިނާޔަތްތަކުގެ ހަރަދެވެ. އެގޮތުން އިދާރީ ހަރަދުގެ ގޮތުގައި ހޭދަކުރި 289 މިލިއަން ޑޮލަރުގެ %65 އަކީ މުވައްޒަފުންގެ މުސާރައާއި ޕެންޝަނާއި އިނާޔަތްތަކަށް ހިނގި ހަރަދެވެ. 

ހަތަރުވަނަ ކުއާޓާގައި މުސާރައިގެ ހަރަދުތަކށް 188 މިލިއަން ރުފިޔާ ހަރަދުވިއިރު ހަތަރުވަނަ ކުއާޓާ ނިމުނުއިރު މުވައްޒަފުންގެ އަދަދަކީ 7132 މީހުންނެވެ. އައު ސަރުކާރު ހަވާލުވެ ހަތަރުވަނަ ކުއާޓާގައި 291 މުވައްޒަފަކު މަދުކުރުމުން އެ ކުއާޓާގައި މުވައްޒަފުންނަށް ހިނގާ ހަރަދުން 1.35 މިލިއަން ރުފިޔާ ސަލާމަތްވި އެވެ. 

ހަތަރުވަނަ ކުއާޓާގައި ފެނަކައަށް 24.7 މިލިއަން ރުފިޔާގެ ގެއްލުންވި އެވެ. އަދި އެ ކުއާޓާގައި ފައިނޭންސްކުރުމަށް އެ ކުންފުނިން ކުރި ހަރަދު 3.4 މިލިއަން ރުފިޔާއިން 9.3 މިލިއަން ރުފިޔާއަށް އިތުރުވި އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.