ޓޫރިޒަމް އާމްދަނީން ބައެއް ކައުންސިލްތަކަށް ޖަމާކޮށްދިނުން ދެން ލަހެއް ނުވާނެ: ރައީސް

ރަައީސް ވިދާޅުވީ ޓޫރިޒަމުން ލިބޭ އާމްދަނީ ވަކި އިންސައްތައެއް ކައުންސިލްތަކަށް ޖަމާކުރަން ލަސްތަކެއް ނުވެ ފެށޭނެ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރޭގެ ޖަލްސާ ގައި ވާހަކަފުޅު ދައްކަވަނީ

ޓޫރިޒަމުން ލިބޭ އާމްދަނީ ވަކި އިންސައްތައެއް ކައުންސިލްތަކަށް ޖަމާކޮށްދޭން ނިންމަވާފައިވާ ނިންމެވުން ވަރަށް އަވަހަށް ތަންފީޒު ކުރައްވަން ފައްޓަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.

ނާރެސް ޕޯޓަލް" އަދި "އޮޕަރޭޝަން ކުރަނގި" ފޭސް 2 އިފުތިތާހު ކުރުމުގެ ގޮތުން މިރޭ ދަރުބާރުގޭގައި ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ރިޔާސީ އިންތިހާބު ގައި ވެވަޑައިގެންފައިވާ ހުރިހާ ވައުދަކަށް ވެސް އެމަނިކުފާނު ފުއްދަވާނެ ކަމަށާ ވައުދުތައް ފުއްދެވުމަށް ކުރައްވަން ޖެހިވަޑައިގަންނަވާ ހުރިހާ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށެވެ.

ޓޫރިޒަމުން ލިބޭ އާމްދަނީ ވަކި އިންސައްތައެއް ކައުންސިލްތަކަށް ޖަމާކޮށް ދެއްވުމަކީ އެމަނިކުފާނު ވެވަޑައިގެންފައިވާ ވައުދެއްކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ ގާނޫނުތަކަށް ގެންނަން ޖެހޭ ބަދަލުތައް ގެންނައުމުގެ މަސައްކަތް ފައްޓަވާފައިވާ ކަމަށެވެ. އަދި ޓޫރިޒަމުން ލިބޭ އާމްދަނީ ވަކި އިންސައްތައެއް ކައުންސިލްތަކަށް ޖަމާކުރަން ލަސްތަކެއް ނުވެ ފެށޭނެ ކަމަށް ވިދާޅުވި އެވެ.

ރައީސް ރޭ ވެސް ވިދާޅުވީ ކައުންސިލްތަކުގެ ހިންގުން ހަރުދަނާކޮށް ކައުންސިލްތަށް ބާރުވެރި ކުރުވުމަށް އެމަނިކުފާނުގެ ސަރުކާރުން ވަރަށް ބޮޑަށް އިސްކަމެއް ދެއްވާނެ ކަމަށެވެ. އެ ގޮތުން ފަޅު ރަށްތަކާއި ފަޅުތައް ހޯދައިގެން ވަކި މަސައްކަތްތަކެއް ކޮށް އާމްދަނީ ހޯދޭނެ ގޮތްތައް ކައުންސިލްތަކަށް ފަހިކޮށް ދެއްވާފައިވާ ކަމަށް ވިދާޅުވި އެވެ.

އަދި ވިދާޅުވީ ކައުންސިލްތަކަށް އިތުރު ފަޅުތަކާއި ރަށްތައް ލިބޭނެ ގޮތް ގާނޫނީ އިމުގެ ތެރެއިން އެންމެ ފުޅާ މިނެއްގައި ހަމަޖައްސަވައި ދެއްވާނެ ކަމަށެވެ.

"އަޅުގަނޑުމެން ބޭނުން ވަނީ ރައްޔިތުންނާއި އެންމެ ގާތުން ހިދުމަތް ކުރުމުގައި ކައުންސިލްތައް އެއީ އެންމެ ފުރިހަމައަށް މަސައްކަތް ކުރާ ބަޔަކަށް ހެދުން،" ރައީސް ވިދާޅުވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.