ހިދުމަތަށް ބުރޫ، ދުނިޔޭގެ ބޮޑެތި ކުންފުނިތައް ހުއްޓުމަކަށް

ރިޕޯޓްތައް ބުނާ ގޮތުން "ތާޑް ޕާޓީ ސޮފްޓްވެއާ ޕްލެޓްފޯމް" އަށް ދިމާވި މައްސަލައަކާ ގުޅިގެން ބައެއް ބޮޑެތި އެއާޕޯޓްތަކާއި އެއާލައިންތައް އަދި ބޭންކުތަކުގެ ހިދުމަތަށް ބުރޫއަރާ ހިދުމަތް ވަނީ މެދުކެނޑިފަ އެވެ.

ވިންޑޯސްއަށް ދިމާވި މައްސަލައަކާއި ގުޅިގެން ގިނަ ހިދުމަތްތަކެއް މެދުކެނޑި ދުނިޔޭގެ ބޮޑެތި ބައެއް ކުންފުނިތައް ވަގުތީ ހުއްޓުމަކާ ކުރިމަތިވެއްޖެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން "ތާޑް ޕާޓީ ސޮފްޓްވެއާ ޕްލެޓްފޯމް" އަށް ދިމާވި މައްސަލައަކާ ގުޅިގެން ބައެއް ބޮޑެތި އެއާޕޯޓްތަކާއި އެއާލައިންތައް އަދި ބޭންކުތަކުގެ ހިދުމަތަށް ބުރޫއަރާ ހިދުމަތް ވަނީ މެދުކެނޑިފަ އެވެ.

އެކަމުގެ އަސަރު އެންމެ ބޮޑަށްކޮށް ގިނަ ހިދުމަތްތައް ހުއްޓިފައިވާ އެއް ގައުމަކީ އޮސްޓްރޭލިއާ އެވެ. އެ ގައުމުގެ މައި ބޭންކާއި އެއާޕޯޓްގެ ހިދުމަތް ވަނީ ހުއްޓިފަ އެވެ. އެކަމުގެ ސަބަބުން އެތައް ބައެއްގެ ދަތުރުތައް ފަސްވެ ބޮޑެތި ގެއްލުންތަކާ ކުރިމަތިލާން ވަނީ ޖެހިފަ އެވެ. އަދި ބެންކުގެ ހިދުމަތް ހުއްޓި ވިޔަފާރިތަކަށް ވަނީ ގެއްލުންވެފަ އެވެ.

އެގައުމުގެ ގައުމީ ޓީވީއާ ރޭޑިއޯގެ ހިދުމަތް ވެސް ވަނީ މެދުކެނޑިފަ އެވެ.

އެ ނޫން ބައެއް ގައުމުތަކުގެ އެއާޕޯޓްތަކުގެ ހިދުމަތް ވެސް ހުއްޓުމަކަށް އައިސްފައިވެ އެވެ. ބައެއް ބޮޑެތި އެއާލައިންތަކުގެ ދަތުރުތަކަށް ބުރޫ އަރާ މިހާރު ވަނީ ޑިލޭ ކުރަން ފަށާފަ އެވެ.

ރާއްޖޭގެ މައި އެއާޕޯޓް -- ވީއައިއޭގެ އިސް އޮފިޝަލު ވިދާޅުވި ގޮތުގައި ބައެއް އެއާލައިންތަކުގެ ދަތުރުތައް ފަސްވެ އެކަން ދަނީ އަންގަމުންނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.