މުޑުދާރު ތަނެއްގައި ބިދޭސީން ހިންގި ކާބޯތަކެތި ޑެލިވަރީ ކުރާ ތަނެއް ހުއްޓުވައިފި

އެ ތަނުގައި ތިބި ބިދޭސީ އަށް މީހަކާއި ގަރާޖުން ތިން މީހަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ވަނީ ގެނެސްފަ އެވެ.

އިމިގްރޭޝަނުން މިއަދު ރެއިޑް ކުރި ތަން: މިއީ ބިދޭސީންގެ ބަޔަކު ހިންގަމުން ދިޔަ ކާބޯތަކެތި ޑެލިވަރީ ކުރާ ތަނެއް

މުޑުދާރު ތަނެއްގައި ބިދޭސީންގެ ބަޔަކު ހިންގަމުން ދިޔަ ކާބޯތަކެތި ޑެލިވަރީ ކުރާ ތަނެއް ހުއްޓުވައިފި އެވެ.

މޯލްޑިވްސް އިމިގްރޭޝަނުން ބުނީ އެތަން ހުއްޓުވީ އިއްޔެ އިފްތިތާހު ކުރި "އިމިގްރޭޝަން ވޮޗް" އަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ކަމަށެވެ. އެއީ ބިދޭސީންގެ ބަޔަކު ހުޅުމާލޭ ގަރާޖެއްގެ މަތީގައި ހިންގަމުންދިޔަ ކާބޯތަކެތި ޑެލިވަރީ ކުރާ ތަނެކެވެ.

އިމިގްރޭޝަންގެ އޮފިޝަލުން އެ ތަނަށް ދިޔައިރު ބިދޭސީން ދިޔައީ އެތަން ރޫޅާލާ ހުސްކުރުމުގެ މަސައްކަތް ކުރަމުން ކަމަށް ވެސް ބުންޏެވެ.

"ނަމަވެސް ގަވާއިދާ ހިލާފަށް ކާބޯތަކެތި ޑެލިވަރީ ކުރާ ތަނުގައި ތިބި ބިދޭސީ އަށް މީހަކާއި ގަރާޖުން ތިން މީހަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވިފައި،"

އިމިގްރޭޝަނުން ވަނީ އެ ތަނުގެ ބައެއް ފޮޓޯތައް ވެސް އާންމުކޮށްފަ އެވެ. މުޅި ތަން ފެންނަނީ ވަރަށް މުޑުދާރު ކޮށެވެ. މި ތަނުގެ ވާހަކަ ދާދި ފަހުން ސޯޝަލް މީޑިއާގައި ވެސް ބައެއް މީހުން ފާހަގަ ކޮށްފައިވެ އެވެ.

މާލެ ސަރަހައްދު ގައި ބިދޭސީން ހިންގާ ވިޔަފާރިތައް ވަނީ އިތުުރުވެފަ އެވެ. ހާއްސަކޮށް ކާބޯތަކެތީގެ ވިޔަފާރީތައް އެ މީހުން ހިންގަ އެވެ. ކާބޯތަކެތި ތައްޔާރު ކުރަނީ އެ މީހުން ދިރިއުޅޭ ތަންތަނުގަ އެވެ. އެއީ ކާބޯތަކެތި ތައްޔާރު ކުރުމަށް އެކަށީގެން ނުވާ ވަރަށް މުޑުދާރު ތަންތަނެވެ.

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހުއްޓުވަން އިމިގްރޭޝަނުން ވަނީ ފުލުހުންނާއި ގުޅިގެން ބޮޑު މަސައްކަތެއް ފަށާފަ އެވެ. މިއީ މި ފަހުން ހިންގި އެންމެ އިންތިޒާމު / ހަރުދަނާ މަސައްކަތެވެ. އިމިގްރޭޝަނުން ވަނީ މި މަސައްކަތުގެ ދަށުން އަތުލައިގަނެވޭ ބިދޭސީންނަށް އިތުރު ފުރުސަތެއް ނުދީ ޑީޕޯޓްކޮށްލާނެ ކަމަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.