ހުޅުމާލޭގައި ހިނގި ނުރައްކާތެރި މާރާމާރީއާ ގުޅިގެން މީހަކު ހައްޔަރުކޮށްފި

ފުލުހުންގެ ތަރުޖަމާން އެސިސްޓެންޓު ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ޝިފާނު މިއަދު މީޑިއާއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެ މާރާމާރީއާ ގުޅިގެން 22 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

މަގުމަތީގައި ފުލުހުން ހަރަކާތްތެރިވަނީ -- ފޮޓޯ: ޕޮލިސް

ހުޅުމާލޭގައި ހިނގި ނުރައްކާތެރި މާރާމާރީއަކާ ގުޅިގެން މީހަކު ހައްޔަރުކޮށްފި އެވެ. 

ހިނގަމުންދާ ޖުލައި މަހުގެ އަށްވަނަ ދުވަހު ހުޅުމާލޭގައި ހިނގި ގުރޫޕު މާރާމާރީގައި ޒުވާނަކަށް ވަރަށް ބޮޑެތި އަނިޔާތަކެއް ލިބުނެވެ. އޭނާއަށް އައިޖީއެމްއެޗްގައި މިހާރުވެސް އަންނަނީ ފަރުވާދެމުންނެވެ.

އެ މާރާމާރީގައި އަނިޔާވި ޒުވާނާގެ ލޯ ދުޅަވެ ބޯ ފަޅައިގެންގޮސްފައިވެ އެވެ. އަދި ސިކުނޑިއަށް ލޭ އެޅި ވަރަށް ބޮޑަށް ހާލު ދެރަވި އެވެ. 

ފުލުހުންގެ ތަރުޖަމާން އެސިސްޓެންޓު ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ޝިފާނު މިއަދު މީޑިއާއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެ މާރާމާރީއާ ގުޅިގެން 22 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. 

އަނިޔާވި ޒުވާނާގެ އާއިލާއިން ބުނެފައިވަނީ އޭނާގެ ހާލު މިހާރު ރަނގަޅުވަމުންދާ ކަމށެވެ. ނަމަވެސް ލިބުނު އަނިޔާތަކުގެ ސަބަބުން ހިނގުމަށް ދަތިވެފައިވާ ކަމަށް އާއިލާއިން ބުނެ އެވެ. 

އާއިލާއިންވަނީ އެ މާރާމާރީ ހިނގަން މެދުވެރިވި ސަބަބު ނޭނގުމާއި، މާރާމާރީ ހިންގި ގުރޫޕުން ދެވަނަ ފަހަރަށް އެ ޒުވާނާއަށް ހަމަލާއެއް ދީފާނެކަމުގެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.