ނަޝީދުގެ ތައުޒިޔާ؛ ރައީސް ސޯލިހުގެ މަންމާފުޅަކީ ހެޔޮ ނަސޭހަތް ދެއްވި ބޭފުޅެއް

މުއުމިނާ އަވަހާރަވުމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނުގެ ހަޔާތްޕުޅުގައި އެންމެ ހެޔޮ ނަސޭހަތް ދެއްވި އެހާމެ ގާތް އެއް ބޭފުޅަކީ ރައީސް ސޯލިހުގެ މަންމާފުޅު މުއުމިނާ ހުސައިން ފުޅު ކަމަށެވެ.

ކުރީގެ ރައީސް ސޯލިހާއި ރައީސް ނަޝީދު އަދި ފައްޔާޒު، ފޮޓޯ: ހަތާވީސް

ކުރީގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ މަންމާފުޅަކީ އެމަނިކުފާނަށް ހެޔޮ ނަސޭހަތް ދެއްވި ބޭފުޅެއްކަަން ފާހަގަކުރެއްވުމާއެކު އެކަމަނާ އަވަހާރަވުމުން އާއިލާއަށް ރައީސް މުހައްމަދު ނަޝީދު ތައުޒިޔާ ވިދާޅުވެއްޖެ އެވެ. 

ކައިވެނީގެ ގޮތުން ރައީސް ސޯލިހާއި ރައީސް ނަޝީދަކީ އާއިލީ ބޭފުޅުންނެވެ. އެގޮތުން ރައީސް ސޯލިހުގެ އަނބިކަނބަލުން މެޑަމް ފަޒްނާ އަހުމަދަކީ ރައީސް ނަޝީދާ ދެބެއިންގެ ދެދަރި ބޭކަނބަލެކެވެ. 

ރައީސް ސޯލިހުގެ މަންމާފުޅު މުއުމިނާ ހަސަންފުޅު އަވަހާރަވީ އާލާސްކަންފުޅާ އުޅުއްވުމަށްފަހު، އޭޑީކޭގައި ފަރުވާ ހޯއްދަވަމުން ދަނިކޮށެވެ. އެކަމަނާ އަވަހާރަވިއިރު އުމުރުފުޅުން 80 އަހަރެވެ.

އެކަމަނާގެ ބޭފުޅުންގެ ތެރޭގައި ރަައީސް ސޯލިހުގެ އިތުރަށް ހުޅުމާލޭ ދާއިރާގެ ކުރީގެ މަަޖިލިސް މެންބަރު އަލީ ނިޔާޒާއި ރައީސް އޮފީހުގައި ގިނަ ދުވަހު ދައުލަތަށް ހިދުމަތްކުރެއްވި ފާތިމަތު މުހައްމަދު ސޯލިހާއި މަޖީދިއްޔާ ސުކޫލުގެ ޕްރިންސިޕަލް އާއިޝަތު މުހައްމަދު ސޯލިހު ހިމެނިވަޑައިގަންނަވަ އެވެ.

މުއުމިނާ އަވަހާރަވުމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނުގެ ހަޔާތްޕުޅުގައި އެންމެ ހެޔޮ ނަސޭހަތް ދެއްވި އެހާމެ ގާތް އެއް ބޭފުޅަކީ ރައީސް ސޯލިހުގެ މަންމާފުޅު މުއުމިނާ ހުސައިން ފުޅު ކަމަށެވެ.  

އަދި އެކަމަނާ ނިޔާމުގެ ހިތާމާގައި ބައިވެރިވެވަޑައިގަންނަވާ ކަމަށާއި އާއިލާއަށް ތައުޒިޔާ ވިދާޅުވާކަމަށް ނަޝީދުގެ ޕޯސްޓުގައި ލިޔުއްވި އެވެ. މާތްﷲ މަރުހޫމާއަށް ސުވަރުގެ މިންވަރު ކުރެއްވުން އެދި އެމަނިކުފާނު ދުއާ ކުރެއްވި އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.