ރައީސް ސޯލިހަށް އަބްދުއްރަހީމުގެ ތައުޒިޔާ

މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ

ކުރީގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ މަންމާފުޅު އަވަހާރަވުމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެމަނިކުފާނަށް ތައުޒިޔާ ވިދާޅުވެއްޖެ އެވެ. 

ރައީސް ސޯލިހުގެ މަންމާފުޅު މުއުމިނާ ހަސަންފުޅު އަވަހާރަވީ އާލާސްކަންފުޅާ އުޅުއްވުމަށްފަހު، އޭޑީކޭގައި ފަރުވާ ހޯއްދަވަމުން ދަނިކޮށެވެ. އެކަމަނާ އަވަހާރަވިއިރު އުމުރުފުޅުން 80 އަހަރެވެ.

އެކަމަނާގެ ބޭފުޅުންގެ ތެރޭގައި ރަައީސް ސޯލިހުގެ އިތުރަށް ހުޅުމާލޭ ދާއިރާގެ ކުރީގެ މަަޖިލިސް މެންބަރު އަލީ ނިޔާޒާއި ރައީސް އޮފީހުގައި ގިނަ ދުވަހު ދައުލަތަށް ހިދުމަތްކުރެއްވި ފާތިމަތު މުހައްމަދު ސޯލިހާއި މަޖީދިއްޔާ ސުކޫލުގެ ޕްރިންސިޕަލް އާއިޝަތު މުހައްމަދު ސޯލިހު ހިމެނިވަޑައިގަންނަވަ އެވެ.

މުއުމިނާ އަވަހާރަވުމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަބްދުއްރަހީމް ވިދާޅުވީ އެކަމަނާ އަވަހާރަވި ހަބަރު އެއްސެވީ ނުހަނު އަސަރާއެކު ކަމަށެވެ.  

ރައީސް ސޯލިހާއި އެމަނިކުފާނުގެ އާއިލާއަށް ކުރިމަތިވި ފުން ހިތާމާގައި ބައިވެރިވެވަޑައިގަތުމާއެކު ތައުޒިޔާ ވިދާޅުވާ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. 

އޭގެ އިތުރަށް ރައީސް ސޯލިހުގެ އާއިލާގެ ހުރިހާ ބޭފުޅުންނަށް ކެތްތެރިކަން މިންވަރު ކުރައްވައި އެމަނިކުފާނުގެ މަންމާފުޅަށް ސުވަރުގޭގެ މަތިވެރި ނިއުމަތް މިންވަރުކޮށްދެއްވުން އެދިވަޑައިގެން އަބްދުއްރަހީމްވަނީ ދުއާ ކުރައްވާފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.