އެމްޓީސީސީގެ ހިއްސާއަކަށް 3 ރުފިޔާ ބަހަން ފާސްކޮށްފި

ކުންފުނީގެ އާންމު ޖަލްސާގައި ބައިވެރިވި ހިއްސާދާރުންގެ 99.6 އިންސައްތަ ވޯޓުން ރޭގެ ޖަލްސާގައި ފާސްކުރީ ހިއްސާއަކަށް 3 ރުފިޔާގެ މަގުން ޑިވިޑެންޑު ބެހުމަށެވެ.

އެމްޓީސީސީގެ އަހަރީ ޖަލްސާގެ ތެރެއިން، ފޮޓޯ: ޕީއެސްއެމް

ދައުލަތުގެ އެންމެ ބޮޑު އެއް ކުންފުނިކަމަށްވާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންސްޓްރަކްޝަން ކުންފުނީގެ ހިއްސާދާރުންނަށް ހިއްސާއަކަށް 3 ރުފިޔާ ދިނުމަށް އެ ކުންފުނީގެ އާންމު ޖަލްސާއިން ފާސްކޮށްފި އެވެ. 

މި އަހަރުގެ އެމްޓީސީސީގެ އާންމު ޖަލްސާ ބޭއްވީ ރޭ ހުޅުމާލޭގައި ހުންނަ އުމަރު ޒާހިރު ބިލްޑިންގަ އެވެ. 

ކުންފުނީގެ އާންމު ޖަލްސާގައި ބައިވެރިވި ހިއްސާދާރުންގެ 99.6 އިންސައްތަ ވޯޓުން ރޭގެ ޖަލްސާގައި ފާސްކުރީ ހިއްސާއަކަށް 3 ރުފިޔާގެ މަގުން ޑިވިޑެންޑު ބެހުމަށެވެ. 

ރޭގެ ޖަލްސާގައި ކުންފުނީގެ އޮޑިޓަރެއްގެ ގޮތުގައި ޑެލޮއިޓް ޕާޓްނާސް ހަމަޖެއްސުމަށާއި، އެ ކުންފުންޏަށް މަސައްކަތުގެ އަގެއްގެ ގޮތުގައި 498.960 ރުފިޔާ  ދިނުމަށް ފާސްކުރި އެވެ. 

އޭގެ އިތުރަށް ކުންފުނީގެ ބޯޑުގައި އާންމު ހިއްސާދާރުން ތަމްސީލުކުރާ ދެ ޑިރެކްޓަރުންގެ މަގާމަށް ނަސްރަތު މުހައްމަދު އަދި މުހައްމަދު އިމްރާން އަދުނާން ރޭ އިންތިހާބުކޮށްފައިވެ އެވެ. 

ފާއިތުވި އަހަރުގެ މާލީ ރިޕޯޓު ރޭގެ ޖަލްސާގައި ކުންފުނީގެ ހިއްސާދާރުން ފާސްކޮށްފައިވެ އެވެ. ނިމުނު އަހަރު އާމްދަނީގެ ގޮތުގައި 3.24 ބިލިއަން ރުފިޔާ ލިބުނުއިރު ކުންފުންޏަށް ފައިދާގެ ގޮތުގައި ލިބުނީ 337 މިލިއަނެއްހައި ރުފިޔާ އެވެ. 

އެމްޓީސީސީއަކީ ދައުލަތުގެ ކުންފުނިތަކުގެ ތެރެއިން ސަރުކާރުން ހިންގާ ގިނަ އަދަދެއްގެ އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ހިންގާ ކުންފުންޏެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.