ރައީސް ސޯލިހުގެ މަންމާފުޅު އަވަހާރަވެއްޖެ

އެމަނިކުފާނުގެ މަންމާފުޅު އަވަހާރަވީ އާލާސްކަންފުޅަ އޭޑީކޭ ހޮސްޕިޓަލުން ފަރުވާ ހޯއްދަވަމުންދަނިކޮށެވެ. އަވަހާރަވީއިރު އެކަމަނާގެ އުމުރުފުޅަކީ 80 އަހަރެވެ.

ކުރީގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ މަންމާފުޅު އަވަހާރަވެއްޖެ އެވެ. 

ރައީސް ސޯލިހުގެ މަންމާފުޅު އަވަހާރަވުމާ ގުޅިގެން އެމަނިކުފާނުގެ ޕާޓީ އެމްޑީޕީން އެކްސްގައި ކުރި ޕޯސްޓެއްގައި އެ ޕާޓީގެ ހުރިހާ މެންބަރުންގެ ނަމުގައި ރައީސް ސޯލިހަށް ތައުޒިޔާ ދަންނަވާފައިވެ އެވެ. 

އެމަނިކުފާނުގެ މަންމާފުޅު އަވަހާރަވީ އާލާސްކަންފުޅަ އޭޑީކޭ ހޮސްޕިޓަލުން ފަރުވާ ހޯއްދަވަމުންދަނިކޮށެވެ. އަވަހާރަވީއިރު އެކަމަނާގެ އުމުރުފުޅަކީ 80 އަހަރެވެ. 

ރައީސް ސޯލިހުގެ މަންމާފުޅު މޫމިނާ ހަސަންފުޅުގެ ބޭފުޅުންގެ ތެރެއިން އެމަނިކުފާނުގެ އިތުރަށް މަޖީދިއްޔާ ސުކޫލުގެ ޕްރިންސިޕަލް އާއިޝަތު މުހައްމަދު ސޯލިހާއި، ކުރީގެ ރައީސުންގެ ޕާސަނަލް އެސިސްޓެންޓުގެ ގޮތުގައި މަސައްކަތް ކުރެއްވި ފާތިމަތު މުހައްމަދު ސޯލިހާއި، ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލޭ ދާއިރާގެ މެންބަރު އަލީ ނިޔާޒު ހިމެނިވަޑައިގަންނަވަ އެވެ. 

ރައީސް ސޯލިހުގެ އާއިލާއަކީ މުޅި ފާދިއްޕޮޅަށް މަޝްހޫރު އާއިލާއަކަށްވާއިރު މޫމިނާއަކީ އެ އަތޮޅުގެ ގިނަ ބަޔަކަށް އެބޭފުޅުންގެ އާއިލީ ގެކޮޅު ނޫރާނީމާގޭގައި މެހެމާންދާރީ އަދާކުރެއްވި މީހުންނަށް ވަރަށް ހެޔޮފުޅު ބޭކަނބަލެކެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.