އީ-ލާނިން ހުއްދަ ނުހޯދާ ޕްރަގްރާމް ހިންގަނީ، ސަނަދު ގަބޫލެއް ނުކުރާާނެ

އެމްކިއުއޭ އިން ވަނީ ކިޔަވާ ދަރިވަރުން، ކިޔަވަން ފެށުމުގެ ކުރީން އެއީ އެމްކިއުއޭ އިން ހުއްދަ ދީފައިވާ ޕްރަގްރާމެއްތޯ ބެލުމަށް އިލްތިމާސް ކޮށްފަ އެވެ.

އެމްކިއުއޭގެ ސީއީއޯ ފިޒާނާ ރަޝީދު، ފޮޓޯ: ޕީއެސްއެމް

މަތީ ތައުލީމުދޭ ބައެއް މަރުކަޒުތަކުން އީ-ލާނިން ހުއްދަ ނުހޯދާ ޕްރަގްރާމްތައް އިޝްތިހާރުކޮށް ހިންގާ ކަމުގެ ޝަކުވާ ލިބޭ ކަމަށާ އެކްރެޑިޓް ކޮށްފައިނުވާ ޕްރަގްރާމަކުން ހާސިލުކުރާ ސަނަދެއް ގަބޫލުނުކުރާނެ ކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ބުނެފި އެވެ.

އެމްކިއުއޭ އިން ނެރުނު ބަޔާނެއް ގައި ބުނެފައި ވަނީ ކޮވިޑް-19 އާ ގުޅިގެން މަތީ ތައުލީމުދޭ ހުރިހާ މަރުކަޒުތަކަކަށް އީ-ލާނިން ޑެލިވަރީ މޮޑިއުލް ގައި ޕްރަގްރާމްތައް ހިންގުމަށް ދީފައިވާ ހުއްދަ ބާތިލުކޮށްފައިވާ ކަމަށާ މެއި 16، 2022 ގައި "ޕްރަގްރާމް އެކްރެޑިޓޭޝަން ގަވާއިދު" އަދި "ގައިޑްލައިންސް ފޯ އީ-ލާނިން" ގެޒެޓްކޮށް ޝާއިއު ކުުރުމާއި ގުޅިގެން މަތީ ތައުލީމުދޭ ހުރިހާ މަރުކަޒަކުން އެ ގަވާއިދާ އެއްގޮތަށް ޕްރަގްރާމްތައް ހުށައަޅާ ހުއްދަ ހޯދަން ޖެހޭނެ ކަމަށެވެ.

އެ ގަވާއިދާ އެއްގޮތަށް ގިނަ މަރުކަޒުތަކުން ޕްރަގްރާމްތައް ހުށައަޅާ ހުއްދަ ހޯދައިގެން ކުރިއަށް ގެންދާ ކަމަށް ވެސް ބުންޏެވެ.

އެމްކިއުއޭ އިން ވަނީ ކިޔަވާ ދަރިވަރުން، ކިޔަވަން ފެށުމުގެ ކުރީން އެއީ އެމްކިއުއޭ އިން ހުއްދަ ދީފައިވާ ޕްރަގްރާމެއްތޯ ބެލުމަށް އިލްތިމާސް ކޮށްފަ އެވެ. އަދި ބުނީ އެކްރެޑިޓް ކޮށްފައިނުވާ ޕްރަގްރާމަކުން ހާސިލުކުރާ ސަނަދެއް ގަބޫލު ނުކުރާނެ ކަމަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.