ދެ އިންތިހާބު އެއްކޮށްލަން އީސީން ތާއީދު، 130 މިލިއަން ސަލާމަތްވާނެ

އިތުރަށް އޭނާ ވިދާޅުވީ ދެ އިންތިހާބު އެއްކޮށްލައިފިނަމަ ބަޖެޓުން 130 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ ކަމުގަައި އަންދާޒާ ކުރެއްވޭ ކަމަށެވެ.

އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު

އެންމެ ބޮޑު ދެ އިންތިހާބުކަަމުގައިވާ ރިޔާސީ އިންތިހާބާ މަޖިލިސް އިންތިހާބު އެއްކޮށް ބޭއްވުމުން 130 މިލިއަން ރުފިޔާ ސަލާމަތްވާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ. 

އެ ކޮމިޝަނުގެ މަސައްކަތްތަކާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ވަޑައިގެން މެންބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގު ވިދާޅުވީ މިހާރު އިންތިހާބުތަކަށް ކުރަމުންދާ ވަރަށް ގިނަ ހަރަދުތައް އެއްކޮށްލެވި ދެބައިކުޅަ އެއްބައި ހަރަދު ކުޑަކުރެވޭނެ ކަމަށެވެ. 

"ވަރަށް ގިނަ ޚަރަދުތައް އެއްކޮށް ކުރުމުގެ ސަބަބުން ގާތްގަނޑަކަށް ހާފަށް [ޚަރަދު] ކުޑަވެގެންދާނެ،" ފުއާދު ވިދާޅުވި އެވެ. 

އިތުރަށް އޭނާ ވިދާޅުވީ ދެ އިންތިހާބު އެއްކޮށްލައިފިނަމަ ބަޖެޓުން 130 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ ކަމުގަައި އަންދާޒާ ކުރެއްވޭ ކަމަށެވެ. 

ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކޮށްލައިގެން ބޭއްވުމަށް ގާނޫނުއަސާސީއަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމަށް މި ދައުރުގައި ހުށަހަޅުއްވާނެކަން ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އިއުލާނު ކުރައްވާފައިވެ އެވެ. 

އެންމެ ފަހުން ބޭއްވި މަޖިލިސް އިންތިހާބަށް 120 މިލިއަން ރުފިޔާ އަދި ރިޔާސީ އިންތިހާބަށް 180 މިލިއަން ރުފިޔާ ހަރަދުވި އެވެ. 

ދެ އިންތިހާބު އެއްކޮށްލެއްވުމުގެ އިތުރަށް މަޖިލީހުގެ މެންބަރުންގެ އަދަދު މަދުކުރުމާއި ލޯކަލް ކައުންސިލުތަކުގެ މެންބަރުންގެ އަދަަދު މަދުކުރެއްވުމަށްވެސް ހުށަހަޅުއްވާނެ ކަމުގައި ރައީސްވަނީ ވިދާޅުވެފަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.