ހާފިޒުުކަމުގެ ތާޖު 32 ބޭފުޅަކަށް، ގައުމީ ފެންވަރުގެ ހަފްލާއެއްގައި ޝަރަފު އަރުވަނީ

"އަޅުގަނޑުމެން ގަސްތު ކުރަނީ އަންނަ އަހަރުން ފެށިގެން ހާފިޒުން ގްރެޖުއޭޓްވާ ހަފްލާ އަކީ އެއީ ކީރިތި ގުރުއާން ކިޔެވުމުގެ ގައުމީ މުބާރާތުގެ ހަފްލާ އާއި ވަކިން ބޭއްވޭ ގައުމީ ފެންވަރުގެ ބޮޑު ހަފްލާއަކަށް ހަދަން،"

ކީރިތި ގުރުއާން ހިތު ދަސްކޮށްގެން 32 ބޭފުޅަކު ވަނީ މި އަހަރު ހާފިޒު ކަމުގެ ތާޖު ހާސިލުކޮށްފައި

ކީރިތި ގުރުއާން ހިތު ދަސްކޮށްގެން 32 ބޭފުޅަކު މި އަހަރު ހާފިޒު ކަމުގެ ތާޖު ހާސިލުކޮށްފި އެވެ.

މި ބޭފުޅުންނަށް ހާފިޒު ކަމުގެ ތާޖު ހަވާލުކޮށް ދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ. އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ ހޯލުގައި މިރޭ އޮތް ކީރިތި ގުރުއާން ކިޔެވުމުގެ 36 ވަނަ ގައުމީ މުބާރާތުގެ ނަތީޖާ ފާޅުކުރުމުގެ ރަސްމިއްޔާތުގައި ހާފިޒު ކަމުގެ ތާޖު ހާސިލު ކުރި ބޭފުޅުންގެ ތެރޭގައި ވަރަށް ދޮށީ އުމުުރުގެ ބޭފުޅުން ވެސް ހިމެނެ އެވެ. އަދި ސުކޫލު ދަރިވަރުން ވެސް ހިމެނެ އެވެ.

މި ޖަލްސާގައި ރައީސް ވިދާޅުވީ މި ސަރުކާރުގެ ސިޔާސަތަކީ ސިޔާސަތަކީ ކީރިތި ގުރްއާން ހިތުދަސް ހާފިޒުން އުފެއްދުމަށް ސަރުކާރުން ހާއްސަ ހޭދައެއް ކުރުން ކަމަށެވެ. އަދި ހިލޭ ކީރިތި ގުރްއާން ކިޔެވޭނެ ކިލާސްތައް އިތުރު ކުރެވޭނެ ކަމަށާ މި ހިދުމަތް މުޅި ރާއްޖެއަށް ފުޅާ ކުރެވޭނެ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ކުޑަ އިރު ކީރިތި ގުރްއާން ހިތުދަސް މީހުންނަކީ އަތުގެ އިނގިލިން ގުނާލެވޭހައި މަދު އަދަދެއްގެ ބައެއް. ނަމަވެސް މިހާރު އެ އަދަދު އިތުރުވަމުން އެބަދޭ. އަޅުގަނޑުގެ ސިޔާސަތަކީ ކީރިތި ގުރްއާން ހިތުދަސް ހާފިޒުން އުފެއްދުމަށް ސަރުކާރުން ހާއްސަ ހޭދައެއް ކުރުން. އެ ކަމަށް ޓަކައި ވަސީލަތްތައް އިތުރު ކުރެވޭނެ. އަދި ހާފިޒުންނަށް ލިބޭ އިނާޔަތް ދެ ގުނަޔަށް ބޮޑު ކުރެވޭނެ،"

މިރޭގެ ރަސްމިއްޔާތުގައި މިނިސްޓަރު ޝަހީމް ވާހަކަފުޅު ދައްކަވަނީ

މިރޭގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ ކީރިތި ގުރުއާން ހިތު ދަސްކޮށްގެން ހާފިޒު ކަމުގެ ސަނަދު ހާސިލުކުރާ މީހުންގެ އަދަދު އަހަރުން އަހަރަށް އިތުރުވަމުންދާ ކަމަށެވެ.

އަދި ވިދާޅުވީ ހާފިޒުކަމުގެ ތާޖު އެރުވޭ ހަފްލާ އަކީ ވަކީން ބޭއްވޭ ގައުމީ ފެންވަރުގެ ބޮޑު ހަފްލާއަކަށް ހައްދަވާނެ ކަމަށެވެ. އެ ބަދަލު އަންނަ އަހަރު އަހަރު ގެންނަވާނެ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ގަސްތު ކުރަނީ އަންނަ އަހަރުން ފެށިގެން ހާފިޒުން ގްރެޖުއޭޓްވާ ހަފްލާ އަކީ އެއީ ކީރިތި ގުރުއާން ކިޔެވުމުގެ ގައުމީ މުބާރާތުގެ ހަފްލާ އާއި ވަކިން ބޭއްވޭ ގައުމީ ފެންވަރުގެ ބޮޑު ހަފްލާއަކަށް ހަދަން،" މިނިސްޓަރު ވިދާޅުވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.