އިސްލާމިކް މިނިސްޓްރީގެ އާ ވެބްސައިޓް؛ އޮންލައިން ލައިބްރަރީއެއް، ފޮތްތައް ޑައުންލޯޑް ކުރެވޭނެ

އީ-ލައިބްރަރީގައި ހުރި ފޮތްތައް ޑައުންލޯޑު ކުރެވޭނެ އެވެ. އެ ލައިބްރަރީގައި 2008 ފެށިގެން މިހާތަނަށް މިނިސްޓްރީން ނެރެފައިވާ ހުރިހާ އިސްލާމިކް ރެފެރެންސް ފޮތްތައް ހުންނާނެ އެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު، އޭނާ އަލަށް ލިޔުއްވެވި ފޮތުގައި ސޮއި ކުރައްވަނީ: އިސްލާމިކް މިނިސްޓްރީގެ އާ ވެބްސައިޓް ތަފާތު ވާނެ ކަމަށް ވިދާޅުވި -- ފައިލް ފޮޓޯ

އިސްލާމިކް މިނިސްޓްރީގެ އާ ވެބްސައިޓް، ބޮޑު ބަދަލަކާ އެކު ޖުލައި މަހުގެ 26 ވަނަ ދުވަހު އިފްތިތާހު ކުރަން ނިންމައިފި އެވެ.

މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އިއްޔެ ވިދާޅުވި ގޮތުގައި މި އަހަރުގެ މިނިވަން ދުވަހާއި ގުޅުވައި އިސްލާމިކް މިނިސްޓްރީގެ އާ ވެބްސައިޓް އިފްތިތާހު ކުރާނީ މުހިންމު ގިނަ ބައިތަކެއް ހިމަނައިގެންނެވެ. އެ ގޮތުން އެންމެ ހާއްސަ ކަމަކީ މި ވެބްސައިޓް ގައި އޮންލައިން ލައިބްރަރީއެއް ގާއިމު ކޮށްފައި ވުމެވެ.

އީ-ލައިބްރަރީގައި ހުރި ފޮތްތައް ޑައުންލޯޑު ކުރެވޭނެ އެވެ. އެ ލައިބްރަރީގައި 2008 ފެށިގެން މިހާތަނަށް މިނިސްޓްރީން ނެރެފައިވާ ހުރިހާ އިސްލާމިކް ރެފެރެންސް ފޮތްތައް ހުންނާނެ ކަމަށް ޝަހީމް ވިދާޅުވި އެވެ.

"ކީރިތި ރަސޫލާގެ ސިޔަރަތުގެ ދިވެހި ބަހުން ވީޑިއޯ އިން ރިޕޯޓްތަކުގެ ސިފައިގައި ބަލައި އަޑު އަހާލަން ހާއްސަ ޔުނިޓެއް ހުންނާނެ. އަދި ރިސާލަތު ޕްރޮގްރާމްގެ ހުރިހައި މައުލޫއެއް ދިވެހި އަދި އިނގިރޭސި ބަހުން ލިބެން ހުންނާނެ ހާއްސަ ޔުނިޓެއް ވެބްސައިޓް ގައި ހުންނާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

މީގެ އިތުރުން އިދާރީ ހުރިހައި މުއާމަލާތަކާ ގުޅޭ މައުލޫމާތާއި އުސޫލުތަކާއި ފޯމްތައް ވެސް ސައިޓުން ލިބެން ހުންނާނެ ކަމަށް މިނިސްޓަރު ޝަހީމް ވިދާޅުވި އެވެ.

މިއީ ސަރުކާރުގެ އޮފީހެއް / އިދާރާއަކުން އިފްތިތާހު ކުރާ އެންމެ ބޭނުންތެރި އެއް ވެބްސައިޓަށް ވެގެންދާނެ އެވެ. ޝަހީމް ގެންދަވަނީ އިސްލާމިކް މިނިސްޓްރީގެ ހިންގުން ހަރުދަނާކޮށް / ފުޅާކުރައްވަމުންނެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.