އެ ކުށް ސާބިތުވުމާ ގުޅިގެން އޭނާގެ މައްޗަށް ދައުވާކުރި މާއްދާގެ ދަށުން ހައްމާދުގެ މައްޗަށް ކުރިމިނަލް ކޯޓުން އިއްވާފައިވަނީ 14 އަހަރުގެ ޖަލު ހުކުމެއް ކަމުގައިވެސް އެ ކޯޓުން ބުނެފައިވެ އެވެ.
ކުރިމިނަލް ކޯޓުގެ ވެބްސައިޓުގައި އެ މައްސަލާގައި ހުކުމްކުރިކަމުގެ ހަބަރު ޝާއިއުކުރި ނަމަވެސް އެ މައްސަލައަކީ ކުޑަކުއްޖެއްގެ މަސްލަހަތު ހިމެނޭ މައްސަލައަކަށްވާތީ އެ މައްސަލައިގެ ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓު ޝާއިއު ނުކުރެ އެވެ.
ކުރިމިނަލް ކޯޓުން ބުނި ގޮތުގައި ކުޑަކުދިންނާ ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ 3 ވަނަ މާއްދާގެ ދަށުން ދައުލަތުން ދައުވާ އުފުލާފައިވަނީ އިސްމާއީލް ހައްމާދު ނަމަކަށް ކިޔާ މީހެއްގެ މައްޗަށް ކަމަށެވެ.
އެ ދައުވާއާ ގުޅިގެން ކުރިމިނަލް ކޯޓުގައި ހިންގި ޝަރީއަތުގައި އޭނާގެ މައްޗަށް ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްތުގައި އަތްލިކަމުގެ ކުށް ޝައްކެއް ނެތް މިންވަރަށް ސާބިތުވެފައިވާ ކަމަށް އެ ކޯޓުން ބުންޏެވެ.
އެ ކުށް ސާބިތުވުމާ ގުޅިގެން އޭނާގެ މައްޗަށް ދައުވާކުރި މާއްދާގެ ދަށުން ހައްމާދުގެ މައްޗަށް ކުރިމިނަލް ކޯޓުން އިއްވާފައިވަނީ 14 އަހަރުގެ ޖަލު ހުކުމެއް ކަމުގައިވެސް އެ ކޯޓުން ބުނެފައިވެ އެވެ.