ޖަމިއްޔާތަކުގެ ލިސްޓް ނެރެފި، ސަލަފާއި މައުމޫން ފައުންޑޭޝަނާ ޝަހީމްގެ ރަހްމާގެ ނަމެއް ނެތް

ލިސްޓްގައި ވަރަށް ގިނަ ޖަމިއްޔާތައް މަދު ކަން ފާހަގަކޮށް އެ ޖަމިއްޔާތަކުން ވަނީ އެކަމާ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ވަރަށް ހަރަކާތްތެރި ބައެއް ޖަމިއްޔާތައް ވެސް ލިސްޓްގައި ނެތެވެ.

މައުމޫން ފައުންޑޭޝަންގެ ބާނީ ރައީސް މައުމޫން (ކ) ޖަމިއްޔަތުއް ރަހްމާގެ ބާނީ މިނިސްޓަރު ޝަހީމް (މ) ސަލަފު ޖަމިއްޔާގެ ރައީސް އައްޝައިހް އަބްދުﷲ ބުނު މުހައްމަދު (ވ): މި ޖަމިއްޔާތަކުގެ ނަމެއް މި އަހަރުގެ ލިސްޓަކު ނެތް

މަދަނީ ޖަމިއްޔާތަކުގެ ލިސްޓް އަޕްޑޭޓް ކޮށް ނެރުނުއިރު ބައެއް ޖަމިއްޔާތަކުގެ ނަން ހިމަނާފައި ނުވާތީ އެ ޖަމިއްޔާތަކުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ޔޫތު މިނިސްޓްރީން މިއަދު ވަނީ "މަދަނީ ޖަމިއްޔާތަކުގެ ލިސްޓް 2024" ނެރެފަ އެވެ. އެ ލިސްޓްގައި 642 ޖަމިއްޔާއެއް ހިމެނެ އެވެ. 

ލިސްޓްގައި ވަރަށް ގިނަ ޖަމިއްޔާތައް މަދު ކަން ފާހަގަކޮށް އެ ޖަމިއްޔާތަކުން ވަނީ އެކަމާ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ވަރަށް މުހިންމު / އެހާމެ ހަރަކާތްތެރި ބައެއް ޖަމިއްޔާތައް ވެސް ލިސްޓްގައި ނެތެވެ.

އެ ޖަމިއްޔާއަކީ ރާއްޖޭގައި ދީނީ ހޭލުންތެރިކަމަށް އެންމެ ފުޅާ ދާއިރާއެއްގައި މަސައްކަތް ކުރާ ޖަމިއްޔަތުއް ސަލަފެވެ. މިއީ ރާއްޖޭގައި ވެސް އޮތް އެންމެ ހަރަކާތްތެރި ޖަމިއްޔާ އެވެ. ސަރުކާރަށް ވުރެ ވެސް ފުޅާ ދާއިރާއެއްގައި ދިވެހީންގެ ދީނީ ހޭލުންތެރިކަމަށް މަސައްކަތް ކުރަނީ ސަލަފުންނެވެ. އެ ޖަމިއްޔާ އަކީ މިހާރު އޮތް ރައީސް މުއިއްޒުގެ ސަރުކާރު ގެނައުމުގެ ވެސް ވަރަށް ބޮޑު ބައިވެރިވެ އެކެވެ.

މީގެ އިތުރުން ކުރީގެ ރައީސް / އިލްމުވެރިޔާ މައުމޫން އަބްދުލްގައްޔޫމްގެ މައުމޫން ފައުންޑޭޝަންގެ ނަން ވެސް ލިސްޓަކު ނެތެވެ. އެ ޖަމިއްޔާއަކީ ވެސް ގައުމީ އެކި މުނާސަބަތުތަކާއި ދީނީ މުހިންމު ދުވަސްތަކާއި އެ ނޫން ވެސް ފާހަގަކޮށްލެވޭ މުހިންމު މުނާސަބުތަކާއި ގުޅިގެން އިލްމީ ޖަލްސާތަކާއި ބައްދަލްވުންތައް ބާއްވާ އަދި އެނޫން އެކި ދާއިރާތަކުން މުހިންމު މަސައްކަތްތަކެއް ކުރަމުން އަންނަ ފައުންޑޭޝަނެކެވެ.

މިއަދު އާންމުކުރި ލިސްޓްގައި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އިސްވެ އުފެއްދެވި ޖަމިއްޔަތުއް "ރަހްމާ" ގެ ނަމެއް ވެސް ނެތެވެ. އެއީ ވެސް ގިނަ މަސައްކަތްތަކެއް ކުރި ޖަމިއްޔާ އެކެވެ.

ކޮންމެ އަހަރަކު ޖަމިއްޔާތަކުގެ ލިސްޓް އާންމުކުރާއިރު ބަލާންވާވަރަށް ނުބަލާ ނެރުމުގެ ސަަބަބުން ވަރަށް ގިނަ ޖަމިއްޔާތަކުގެ ނަން އުނިވެފައި ހުރެ އެވެ. މީގެ ކުރީ އަހަރެއްގައި ވެސް ސަލަފު ޖަމިއްޔާއާ މައުމޫން ފައުންޑޭޝަންގެ ނަން ނެތި ލިސްޓެއް ނެރުނެވެ. ފަހުން ލިސްޓް އިސްލާހު ކޮށް ނެރުނީ އެވެ.

ކޮމެންޓް

1
450
އައަ
1 month ago

ކޮންމެ ކުލަބަކަށްވެސް އައު ރަޖިސްޓރީއެއް ދޭންބީ، އަދި ތިގޮތައް އަދަހަމަ ކޮއްފަ އޮއްނަ ލިސްޓް ބާލެވޭމެ ގޮތެއް ހަދަންވީ

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.