ހަރަދު ކުޑަކުރުމުގެ ގޮތުން ވަޒީފާއިން ވަކިކުރިޔަސް ކެތްތެރިވެ އެކަން ބަލައިގަނޭ: މުސްތަފާ

"ބައެއް ބޭފުޅުންގެ ވަޒީފާ ގެއްލުނީމަ ހިތްހަމަނުޖެހުން އަންނާނެ. އެހެން ނަމަވެސް އަޅުގަނޑު ދަންނަވާނީ އެވެސް ކެތްތެރިކަމާ އެކީ އެހަށް ބަލައިގަންނާށޭ،"

މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ އިބްރާހީމް (އިމްނާ މުސްތޮ)

ދައުލަތުގެ ހަރަދު ކުޑަކުރުމުގެ ގޮތުން އަޅާ ފިޔަވަޅެއްގެ ގޮތު، ވަޒީފާ އިން ވަކިކުރި ނަމަވެސް ކެތްތެރިވާން ޖެހޭ ކަމަށް މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ އިބްރާހީމް (އިމްނާ މުސްތޮ) ވިދާޅުވެއްޖެ އެވެ.

އޭނާ މިހެން ވިދާޅުވީ ރައްޔިތުންނަށް ކަން އޮތްގޮތުގެ ހަގީގަތް ކިޔައިދޭން ކަމަށް ބުނެ ސަރުކާރު ހިންގާ މައި ޕާޓީން މިހާރު ފަށާފައިވާ ސިލްސިލާ ހަރުގެ ޖަލްސާތަކުގެ ރޭގެ ޖަަލްސާ ގައި ވާހަކަ ދައްކަވަމުންނެވެ.

މުސްތަފާ ވިދާޅުވީ ރައީސް ސޯލިހް ވެރިކަމުން ވަކިވެވަޑައިގެންނެވީ ގައުމުގެ މައިކަށި ބިންދައިލުމަށް ފަހު އެވެ. އެހެން ކަމުން އިގްތިސާދު ހަމަމަގަށް ގެނައުމަށް ވަރަށް ގިނަ ފިޔަވަޅުތައް އަޅަން ޖެހިފައިވާ ކަމަށެވެ. ރައީސް މުއިއްޒަކީ ސިޔާސީ ބޭނުމަށް ކަންކަން ކުރައްވާނެ ވެރިއެއް ނޫން ކަމަށާ މިވަގުތު އަޅުއްވަމުން ގެންދަވަނީ ކޮންމެހެން އަޅުއްވަން ޖެހިވަޑައިގަންނަވާ ފިޔަވަޅުތައް ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ގައުމުގެ އިގްތިސާދު އޮތީ ނޭވާހޮޅިއަށް އެޅި އައިސީޔޫ ގަ އެވެ. އެހެން ކަމުން ރައީސް އަޅުއްވާ ފިޔަވަޅުތަކަށް ފުރުސަތު ދެއްވުމަށް އެދިވަޑައިގަތެވެ. އެއީ ވަޒީފާ އިން ވަކިކުރުން ކަމުގައި ވީނަމަވެސް ކެތްތެރިވާން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުއިއްޒަކީ ސިޔާސީ ބޭފުޅަކަށްވުރެ ބޮޑަށް ގައުމު ދެކެ ލޯބިވާ ލީޑަރެއް. އެ ލީޑަރަކު ނަންގަވާ ޑިސިޝަން އެގޮތަށް ނަންގަވާނެ. އޭގެ ސަބަބުން ބައެއް ބޭފުޅުންގެ ވަޒީފާ ގެއްލުނީމަ ހިތްހަމަނުޖެހުން އަންނާނެ. އެހެން ނަމަވެސް އަޅުގަނޑު ދަންނަވާނީ އެވެސް ކެތްތެރިކަމާ އެކީ އެހަށް ބަލައިގަންނާށޭ. ކުޑަކުޑަ ދުވަސްކޮޅެއް، ކުޑަކުޑަ ވަގުތުކޮޅެއް ސަރުކާރަށް ވެސް އަޅުގަނޑުމެން ދޭން ޖެހޭ، ރަނގަޅުކުރަން ކުޑަކުޑަ ވަގުތުކޮޅެއް، ކުޑަކުޑަ ފުރުސަތެއް އަޅުގަނޑުމެން ދޭން ޖެހޭ،" މުސްތަފާ ވިދާޅުވި އެވެ.

ގައުމުގެ ހާލަތު ކިޔައިދޭން ކަމަށް ބުނެ ޕީއެންސީން ބާއްވާ ޖަލްސާތަކުގައި މަޖިލީސް މެންބަރުންނާއި އެ ޕާޓީގެ ބައެއް އިސްވެރީން ދައްކަވާ ވާހަކަތަކަށް އާންމުންގެ ބޮޑު ފާޑުކިޔުމެއް އޮވެ އެވެ. ސަރުކާރުގެ ހަރަދު ކުޑަނުކޮށް / ސިޔާސީ މަގާމުތަކުގެ އަދަދު މަދުނުކޮށް / ވެރީންގެ މުސާރަ ކުޑަނުކޮށް ރައްޔިތުންނަށް ގޮތް ކިޔައިދޭތީ ވަރަށް ގިނަ ބަޔަކު ފާޑު ކިޔަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.