ވެމްކޯގެ ކުރީގެ އެމްޑީ ފުއާދަށް ކުރި ދައުވާ ކުރިމިނަަލް ކޯޓުން ބޭރުކުރީ ރަނގަޅަކަށް ނޫން: ހައިކޯޓު

ހައިކޯޓުން ނިންމާފައިވަނީ އެ މައްސަލަ 30 ދުވަހުގެ ތެރޭގައި އަލުން ކުރިމިނަލް ކޯޓަށް ހުށަހެޅުމުން މައްސަލައިގެ އިބްތިދާއީ މަރުހަލާ ނިމިފައި އޮތްކަމަށް ބަލައި، ޝަރީއަތުގެ މަރުހަލާއިން ފެށިގެން ކުރިއަށް ގެންދިއުމަށެވެ.

ދިވެހިރާއްޖޭގެ ހައިކޯޓު

ވޭސްޓު މެނޭޖުމެންޓު ކޯޕަރޭޝަން (ވެމްކޯ)ގެ ކުރީގެ މެނޭޖިން ޑިރެކްޓަ އިބްރާހީމް ފުއާދުގެ މައްޗަށް އުފުލި ދައުވާ ކުރިމިނަލް ކޯޓުން ބޭރުކުރީ ރަނގަޅަށް ނޫންކަމަށް ހައިކޯޓުން ކަނޑައަޅައިފި އެވެ. 

ލޭންޑިން ކްރާފްޓެއް ގަތުމަށް އަގުގެ 30 އިންސައްތައަށްވާ 3.9 މިލިއަން ރުފިޔާ އެޑްވާންސް ފައިސާގެ ގޮތުގައި ކުންފުނީގެ ޕޮލިސީއާ ހިލާފަށް ދޫކުރި ކަމުގެ ތުހުމަތުގައި ފުއާދުގެ މައްޗަށް ދައުވާކުރީ 2018 ވަނަ އަހަރުގެ ޖޫން މަހު އެވެ. 

އެ މައްސަލަ ބެލުމަށްފަހު ކުރުމިނަލް ކޯޓުން ކަނޑައަޅާފައިވަނީ މަދަނީ މިންގަނޑުން ބަލާއިރު އެ މައްސަލައަކީ ކުރިއަށްގެންދެވޭނެ މައްސަލައެއް ނޫން ކަމަށެވެ. ކުރިމިނަލް ކޯޓުގެ އެ ނިންމުން ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން އިސްތިއުނާފު ކުރީ 2020 ވަނަ އަހަރުގެ ސެޕްޓެންބަރު އެވެ. 

އެ މައްސަލާގައި ކުރިމިނަލް ކޯޓުގެ ހުކުމަށް ތަންގީދުކޮށް ހައިކޯޓުން އިއްޔެ ނެރުނު ހުކުމުގައި ބުނެފައިވަނީ އެ މައްސަލާގައި ވަކި ގޮތަކަށް ދައުވާކޮށްފައިނެތުމަކީ މައްސަލައެއްކަމަށް ކުރިމިނަލް ކޯޓުން ކަނޑައެޅި ގާނޫނުއަސާސީން ޕްރޮސެކިއުޓާ ޖެނެރަލަށް ލިބޭ ބާރުތައް ހަނިވާ ގޮތަށް ކަމަށެވެ. 

އޭގެ އިތުރަށް ފުއާދުގެ ފަރާތުން ދައުވާގެ ސައްހަކަމާމެދު ސުވާލު އުފައްދައި އުފުލި ޖުޑީޝަލް ރިވީއުގެ ޝަކުވާތަކަކީ ޖިނާއި ކުށުގެ މައުޟޫއީ މައްސަލައިގެ ތެރެއިން ބަލަންޖެހޭ ހާލަތެއް އޮތް ކަންކަން ފުއާދަށް ސާބިތުކޮށްދެވިފައިނުވާ ކަމަށްވެސް ހައިކޯޓުން ފާހަގަކުރި އެވެ. 

ހައިކޯޓުން ނިންމާފައިވަނީ އެ މައްސަލަ 30 ދުވަހުގެ ތެރޭގައި އަލުން ކުރިމިނަލް ކޯޓަށް ހުށަހެޅުމުން މައްސަލައިގެ އިބްތިދާއީ މަރުހަލާ ނިމިފައި އޮތްކަމަށް ބަލައި، ޝަރީއަތުގެ މަރުހަލާއިން ފެށިގެން ކުރިއަށް ގެންދިއުމަށެވެ. 

ހައިކޯޓުގައި މައްސަލަ ބެއްލެވީ ފަނޑިޔާރު މުހައްމަދު ފައިސަލުގެ ރިޔާސަތުގައި ފަނޑިޔާރު ދީބާނާޒު ފަހުމީއާއި ފަނޑިޔާރު ހުސައިން މަޒީދު ހިމެނިވަޑައިގަންނަވާ ފަނޑިޔާރުންގެ މަޖިލީހަކުންނެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.