"ކުރީ ސަރުކާރުން ވައުދުވި ހޮސްޕިޓަލްތައް މާ ރަނގަޅަށް މި ސަރުކާރުން ތަރައްގީ ކުރާނެ"

މިނިސްޓަރު ވިދާޅުވި ގޮތުގައި މި ސަރުކާރާއެކު މިދިއަ މުއްދަތުގެ ތެރޭ އޭގެ ތެރެއިން 20 މަޝްރޫއެއް ފަށާފައިވެ އެވެ.

ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް

އެމްޑީގެ ކުރީ ސަރުކާރުން ވައުދު ވެފައިވާ ހޮސްޕިޓަލްތައް އެއަށްވުރެ އަގު ހެޔޮކޮށް ފުރިހަމަ ހިދުމަތާއެކު ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މި ސަރުކާރުން ތަރައްގީ ކުރާނެ ކަމަށް ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ވިދާޅު ވެއްޖެ އެވެ. 

ކޮންގްރެސް ޕާޓީގެ ހަރުގެ ޖަލްސާގައި ރޭ ބައިވެރިވެ ވަޑައިގެން މިނިސްޓަރު ވިދާޅުވީ މިދިއަ ސަރުކާރުގައި ނުބައްދަލު އަގު ތަކުގައި މަޝްރޫއުތައް ދީފައިވާ ކަމަށާއި އެ ސަރުކާރު ނިމުނު އިރު ބަޖެޓް ނެތް އެތައް މަޝްރޫއެއް ފަށަން ވައުދުތައް ވެފައިވާ ކަމަށާއި މިދިއަ ރިޔާސީ އިންތިހާބާއި ގާތްކޮށް މަޝްރޫއުތަކެއް އިއުލާން ކޮށްފައިވާ ކަމަށެވެ.

މިނިސްޓަރު ރޭ ވަނީ ހިސާބު ނަމްބަރުތަކެއް ވެސް ވިދާޅުވެފަ އެވެ. އެ ގޮތުން އެ ސަރުކާރުގެ ތެރޭގައި ސިއްހީ ދާއިރާއިން 57 މަޝްރޫއު އެވޯޑުކޮށް ބަޔަކާއި ހަވާލުކޮށްފައިވާ ކަމަށާާއި އޭގެ ތެރެއިން އެކި ސަބަބުތަކާ ހެދި 30 މަޝްރޫއު  ހުއްޓިފައިވާ ކަމަށެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި މި ސަރުކާރާއެކު މިދިއަ މުއްދަތުގެ ތެރޭ އޭގެ ތެރެއިން 20 މަޝްރޫއެއް ފަށާފައި ވެއެވެ. 

"އެ ބޭފުޅުން [ކުރީގެ ސަރުކާރުން] އިއުލާންކޮށްފައިވާ ހޮސްޕިޓަލްތައް އެއަށްވުރެ ހެޔޮ އަގުގައި ހިދުމަތަށް އެއްވެސް އުނިކަމެއް ނާންނާނެހެން ޑިޒައިނަށް މިގެނައި ބަދަލާއެކު މި ސަރުކާރުން ތަރައްގީ ކުރާނެ." މިނިސްޓަރު ވިދާޅުވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.